ދިވެހިރާއްޖެ
ޕްރޮކިއުމަންޓް ރިފަރެންސް ނަންބަރު |
MBC-PRC/068/08/2014 |
މި ކޯޕަރޭޝަނުގެ އައިޓީއަށް ގަންނަން ބޭނުންވާ ކޮމްޕިއުޓަރ ސޮފްޓްވެއަރ ވިއްކާނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު MBC-F/IU/2014/97 އިޢުލާނާ ގުޅިގެން އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވުމުގެ ސަބަބުން އެއިޢުލާން ބާޠިލުކޮށް، އެފުރުޞަތު އަލުން ހުޅުވާލީމެވެ.
ވީމާ، މި ތަކެތި ވިއްކުމަށް ޝައުޤުވެރިވާ ފަރާތްތަކުން 02 ސެޕްޓެންބަރު 2014 އަންގާރަ ދުވަހުގެ 2:00 އަށް އެމް.ބީ.ސީ. ހެޑްއޮފީސް (ރޭޑިއޯ ބިލްޑިންގ) އަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 07 ސެޕްޓެންބަރު 2014 ވާ އާދީއްތަ ދުވަހުގެ 2:00 އަށް އެމް.ބީ.ސީ. ހެޑްއޮފީސް (ރޭޑިއޯ ބިލްޑިންގ) އަށް ހާޒިރުވެ އަގު ހުށަހެޅުއްވުން އެދެމެވެ. އަގު ހުށަހަޅުއްވާއިރު މިކޯޕަރޭޝަނުން ދޭ މަޢުލޫމާތު ކަރުދާހުގައިވާ ހުރިހާ މަޢުލޫމާތެއް ފުރިހަމަކޮށް ހުށަހަޅުއްވަންވާނެއެވެ.
28 ޝައްވާލު 1435