ދިވެހިރާއްޖެ
އިޢުލާން
އިންޓަރނޭޝަނަލް ކޮންވެންޝަން އޮން ދަ އެލިމިނޭޝަން އޮފް އޯލް ފޯމްސް އޮފް ރޭޝަލް ޑިސްކްރިމިނޭޝަން ގެ ދަށުން ދިވެހިރާއްޖެއިން ހުށަހަޅަންޖެހޭ 13 - 15 ވަނަ ޕީރިއޮޑިކް ރިޕޯޓާ ގުޅޭގޮތުން ޖަމްޢިއްޔާ ޖަމާޢަތްތަކާއެކު ބޭއްވޭ މަޝްވަރާ ބައްދަލުވުމުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން
ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ މުޢާހަދާއެއް ކަމުގައިވާ، އިންޓަރނޭޝަނަލް ކޮންވެންޝަން އޮން ދަ އެލިމިނޭޝަން އޮފް އޯލް ފޯމްސް އޮފް ރޭޝަލް ޑިސްކްރިމިނޭޝަން ގެ ދަށުން ދިވެހިރާއްޖެއިން ހުށަހަޅަންޖެހޭ 13 - 15 ވަނަ ޕީރިއޮޑިކް ރިޕޯޓުގައި ހިމަނާފައިވާ މަޢުލޫމާތުތަކާ ގުޅޭގޮތުންނާއި، އެ މުޢާހަދާގައި ބަޔާންކުރާ ޙައްޤުތައް ދިވެހިރާއްޖޭގައި ލިބިދެވޭގޮތާ ގުޅޭގޮތުން، މި ދާއިރާގައި މަސައްކަތްކުރާ ޖަމްޢިއްޔާ ޖަމާޢަތްތަކާ މަޝްވަރާކުރުމަށް މި އޮފީހުން ބޭނުންވެއެވެ. މި މަޝްވަރާ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ، 15 މާރިޗު 2022 ވާ އަންގާރަ ދުވަހުގެ 13:00 ގައި، އެޓަރނީ ޖެނެރަލްގެ އޮފީހުގައެވެ. ވީމާ، މި މަޝްވަރާ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވަން ބޭނުންފުޅުވާ ޖަމްޢިއްޔާ ޖަމާޢަތްތަކުން، ތިރީގައިވާ ލިންކު މެދުވެރިކޮށް، 14 މާރިޗު 2022 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން ރަޖިސްޓްރޭޝަން ފުރިހަމަކުރެއްވުމަށް ދަންނަވަމެވެ. މި މަޝްވަރާގައި ބައިވެރިވެވަޑައިގެންނެވުމަށް ރަޖިސްޓަރކުރައްވާ ފަރާތްތަކަށް ބައްދަލުވުމާގުޅުންހުރި އިތުރު މަޢުލޫމާތު ޙިއްސާކުރެވޭނެއެވެ.
ރަޖިސްޓަރކުރެއްވުމަށް: https://bit.ly/3hRkucJ
ރަޖިސްޓަރކުރުމުގެ އެންމެ ފަހުގެ ތާރީޚު: 14 މާރިޗު 2022