މިލަދުންމަޑުލު ދެކުނުބުރީ ހޮޅުދޫ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ހޮވައިގެން ގެނެސްފައިވާ ފައިސާއަކާއި ބެހޭ

ޢާއްމު ފަރާތަކުން ހޮވައިގެން ގެނެސްފައިވާ ވެރިފަރާތެއް ނޭނގޭ ފައިސާއެއް މިކޯޓުގެ ބެލުމުގެ ދަށުގައި އެބަހުއްޓެވެ. މިފައިސާ ހޮވާފައިވަނީ ނ. ހޮޅުދޫ ދިރާގު ސައިޓުގެ ކާމިނީމަގަށްވާ ގޭޓުގެ ކައިރިންނެވެ. ޢާއްމު ފަރާތަކުން ހޮވައިގެން ގެނެސްފައިވާ މިފައިސާގެ ވެރިފަރާތެއްވާނަމަ 2022 މާރޗް 16 ވަނަ ދުވަހުގެ 14:00 ގެ ކުރިން ގެއްލިފައިވާ ފައިސާގެ ސިފަތައް (ނޫޓުގެ ޢަދަދާއި، ފައިސާގެ ޖުމްލަ) އެނގޭގޮތަށް މިކޯޓަށް ލިޔުމަކުން ހުށަހެޅުމަށް ދަންނަވަމެވެ.

އަދި މިމުއްދަތުގެ ތެރޭގައި މިފައިސާ ހޯދުމަށް އެއްވެސް ފަރާތަކުން ހުށަނާޅައިފިނަމަ މިފައިސާއާއިމެދު ޤަވާއިދުގައިވާ ގޮތުގެ މަތިން ޢަމަލްކުރެވޭނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

09 މާރިޗު 2022
ހޯދާ