ރީޖަނަލް އެއަރޕޯޓްސް
ދިވެހިރާއްޖެ
އެއަރކޯން ޕެސިންޖަރ ބަހެއް ސަޕްލައި ކޮށްދެއްވަން

އަންދާސީހިސާބު ބޭނުންވެއްޖެ

ލ. ކައްދޫ އެއަރޕޯޓަށް 20 އާއި 30 އާ ދެމެދުގެ އެއަރކޯން ޕެސިންޖަރ ބަހެއް ސަޕްލައި ކޮށްދެއްވަން އެދޭ ފަރާތްތަކުން 02 ސެޕްޓެންބަރު 2014 ވާ އަންގާރަ ދުވަހުގެ 11:00 އަށް ރީޖަނަލް އެއަރޕޯޓްސް، ވެލާނާގޭގެ 11 ވަނަ ފަންގިފިލާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 07 ސެޕްޓެންބަރު 2014 ވާ އާދީއްތަ ދުވަހުގެ 11:00 އަށް ރީޖަނަލް އެއަރޕޯޓްސްއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި، މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބާޠިލު ކުރެވޭނެ ވާހަކަ ދެންނެވީމެވެ.

30 ޝައްވާލު 1435

26 އޮގަސްޓް 2014
ހޯދާ