މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ފޮޓޯކޮޕީ މެޝިނެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން
މިކުންފުނީގެ ބޭނުމަށް ފޮޓޯކޮޕީމެޝިނެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެ ކުރެވުނު ނަންބަރު: PRC/I-2014/83-ފ113 އިއުލާނަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ.
ވީމާ، ފޮޓޯކޮޕީމެޝިނެއް ސަޕްލައިކޮށްދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 07 ސެޕްޓެންބަރު 2014 ވާ އާދީއްތަދުވަހުގެ 11:00 އަށް މި ކުންފުނީގެ ހެޑްއޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 11 ސެޕްޓެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް އަންދާސީހިސާބާއެކު މިކުންފުނީގެ ހެޑްއޮފީހަށް ހާޒިރުވެ ވަޑައިގެން ދެއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމުގެ ބައްދަލުވުމަށް ވަޑައިގަންނަވާ ފަރާތްތައް ފިޔަވައި އިތުރު ފަރާތްތަކަށް އަގު ހުށަނޭޅުއްވޭނެ ވާހަކަ ދަންނަވަމެވެ.
02 ޛުލްޤަޢިދާ 1435
28 އޮގަސްޓް 2014
ހޯދާ