ހދ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ރައްކާތެރިކޮޓަރި އިމާރާތް ކުރުމާއި ބެހޭ

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

  • މި މަރުކަޒުގައި ރައްކާތެރި ކޮޓަރިއެއް އިމާރާތްކޮށް ދެއްވުމަށް ޝައުޤުވެރިވާ، (ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ނަމްބަރު: 2014/18 ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ) ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މި މަސައްކަތައް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަން ފޮތުގައި ބަޔާން ކުރެވިފައިވާނެއެވެ.

 

  • މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 08މާރިޗު 2022 އިން 10 މާރިޗު 2022 އަށް ބަންދުނޫން ކޮންމެ ދުވަހަކު 8:00 އިން 14:00އަށް މި މަރުކަޒުގައި ނަން ނޯޓް ކުރެއްވުން އެދެމެވެ.

 

  • މިމަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 13 މާރިޗު 2022 އާދީއްތަ ދުވަހުގެ 11:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

                                                             

  • މިމަސައްކަތާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 14 މާރިޗު 2022 ވާ ހޯމަ ދުވަހުގެ 11:00ގައި މި މަރުކަޒުގެ މީޓިންގ ރޫމްގައެވެ.

 

  • ބިޑް ހުޅުވުން އޮންނާނީ 17 މާރިޗު 2022 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މި މަރުކަޒުގެ މީޓިންގ ރޫމްގައެވެ.

 

  • ނޯޓް: މައުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެވޭނީ ނަން ނޯޓް ކުރުމަށް ދެވިފައިވާ މުއްދަތުގައި ނަން ނޯޓް ކުރައްވާފައިވާ ފަރާތްތަކަށެވެ.

 

  • އިތުރު މަޢުލޫމާތު6528817  ނަމްބަރު ފޯނާއި ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.
  • ހދ.އަތޮޅު ތައުލީމީ މަރުކަޒު/ ހދ.ކުޅުދުއްފުށި
  • ފޯން:  6528817
  • އީ-މެއިލް: [email protected]

08 މާރިޗު 2022

08 މާރިޗު 2022
ހޯދާ