ޑްރަގް ކޯޓު
ދިވެހިރާއްޖެ
ތަކެތި ގަންނަން

ޑްރަގް ކޯޓަށް މިދަންނަވާ ތަކެތި ގަންނަން ބޭނުންވެއެވެ.

މިކޯޓުގެ ނަންބަރު: IUL)435-A1/1/2014/4)ފ(14 އޮގަސްޓު 2014) ކުރެވުނު އިޢުލާނަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާންކުރަމެވެ.

މި ކޯޓުން ދޭ މަޢުލޫމާތާ އެއްގޮތަށް 6 ފޮޓޯ ފްރޭމް ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2 ސެޕްޓެންބަރު 2014 ވާ އަންގާރަ ދުވަހުގެ 10:30 އަށް މިކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މާކްސް ދޭނެ ގޮތް:

- އަގަށް : %70 ( އެންމެ ކުޑަ އަގު ހުށަހަޅާ ފަރާތަކަށް އެންމެ ގިނަ ޕޮއިންޓް )

- ޑެލިވަރީ މުއްދަތު : (އެންމެ ކުރު މުއްދަތު ހުށަހަޅާ ފަރާތަށް އެންމެ ގިނަ ޕޮއިންޓް)

- ތަޖުރިބާ : (2010 ވަނަ އަހަރުގެ ޖަނަވަރީން ފެށިގެން 2014 ވަނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ދައުލަތުގެ މުއައްސަސާތަކަށް މިފަދަ ތަކެތި އެންމެގިނައިން ސަޕްލައި ކޮށްދީފައިވާ ފަރާތަކަށް އެންމެ ގިނަ ޕޮއިންޓް)

އަންދާސީހިސާބު ހުށަހަޅާ ފަރާތްތަކުން ސަމާލުކަން ދޭންވީ ކަންތައްތައް:

- އަންދާސީހިސާބު ހުށަހަޅޭނީ ލިސްޓު ކުރެވިފައިވާ ހުރިހާ އައިޓަމްތަކަށް އެއް އަންދާސީހިސާބެވެ. 

- ޖީ.އެސް.ޓީ. އަށްވާ އަދަދު ވަކިން އެނގޭނެހެން ޖުމްލަ އަގު ހުށަހެޅުން

- އަންދާސީހިސާބު ހުށަހެޅުމަށް ހަމަޖެހިފައިވާ ގަޑީގެ ފަހުން އަންދާސީހިސާބު ހުށަހެޅުމަށް ވަޑައިގަންނަވާ ބޭފުޅުންގެ އަންދާސީހިސާބު ބަލައިނުގަނެވޭނެއެވެ.    

- އަންދާސީހިސާބު ހުށަހަޅަން ހާޒިރުވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ އެންމެ އަންދާސީހިސާބެކެވެ. 

- ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ 8.01 ގެ (ކ) ގައި ބަޔާން ކޮށްފައިވާ ޙާލަތެއް ދިމާވާނަމަ، އެމާއްދާގައި ބުނާފަދަ ލިޔުމެއް ބީލަމާއެކު ހުށަހަޅަން ވާނެއެވެ.

ހުށަހަޅަންޖެހޭ ތަކެތި

- ކުންފުންޏެއްނަމަ ކުންފުނީގެ ޕްރޮފައިލް އަދި ސެޓުފިކެޓު އޮފް ރެޖިސްޓްރޭޝަނުގެ ކޮޕީ ހުށަހެޅުއްވުން. 

- އަމިއްލަ ފަރާތެއްނަމަ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.    

- ޖީ.އެސް.ޓީ. އަށް ރަޖިސްޓަރީ ކޮށްފައިވާ ސެޓުފިކެޓް އޮފް ރެޖިސްޓްރޭޝަނުގެ ކޮޕީ.

- ހުށަހެޅިފައިވާ އަންދާސީހިސާބު ބާޠިލުވާ މުއްދަތު މަދުވެގެން 30 ދުވަހަށް ވާންވާނެއެވެ.

- އިތުރު ސަޕޯޓިންގ ލިޔުމެއް ވާނަމަ ހުށަހެޅުއްވުން.

- ތަޖުރިބާއަށް މާކްސް ދިނުމުގައި ބެލެވޭނީ މިފަދަ މަސައްކަތްތަށް އެހެން އޮފީސްތަކުގައި ކޮށްފައިވާ ގޮތާ ގުޅޭގޮތުން އެ އޮފީސްތަކުން ދީފައިވާ ރެކޮމެންޑޭޝަން ލެޓަރ ފަދަ ލިޔުންތަކަށެވެ.

- ކުންފުންޏެއް ނަމަ އެކުންފުނީގެ އެންމެ ފަހުގެ އޮޑިޓް ފައިނޭންޝަލް ރިޕޯޓް ހުށަހަޅަންވާނެއެވެ

އަންދާސީހިސާބު ހުށަހެޅުން

އަންދާސީހިސާބު 3 ސެޕްޓެންބަރު 2014 ވަނަ ދުވަހުގެ 11:00 އަށް މި ކޯޓަށް ހުށަހަޅަންވާނެއެވެ. އަންދާސީހިސާބު ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ  ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ  ބޭރުގައި   އިޢުލާން   ނަންބަރު  އަދި "ފޮޓޯ ފްރޭމް ސަޕްލައިކޮށްދިނުމަށް އެދި"  ލިޔެވިފައި   އޮންނަންވާނެއެވެ. އަދި  ތިރީގައިވާގޮތަށް  އެޑްރެސްކުރެވިފައި އޮންނަންވާނެއެވެ. އަންދާސީހިސާބު ހުށަހެޅޭނީ މިބިޑް އާ ގުޅިގެން ބާއްވާ މަޢުލޫމާތު ސެޝަނަށް އަންނަ ފަރާތްތަކަށެވެ.

ޑްރަގް ކޯޓް

ޖެނެރަލް އެޑްމިނިސްޓްރޭޝަން އެންޑް ހިއުމަން ރިސޯސަސް ޔުނިޓް

މާލެ، ދިވެހިރާއްޖ

 

އަންދާސީހިސާބު ހުޅުވުން

އަންދާސީހިސާބު ހުޅުވާނީ 3 ސެޕްޓެންބަރު 2014 ވަނަ ދުވަހުގެ 11:00 ގައި ޑްރަގް ކޯޓުގެ ފުރަތަމަ ފަންގިފިލާގައި ހުންނަ  މީޓިންގ ރޫމްގައި، ހުށަހެޅި    ފަރާތްތަކުގެ    ނުވަތަ     އެފަރާތުން    ކަނޑައެޅިފައިވާ   ފަރާތްތަކާ    އެއް    ހާޒިރުގައެވެ. މިކަމާ  ބެހޭގޮތުން  އިތުރު  މަޢުލޫމާތު ހޯއްދެވުމަށް  [email protected] އަށް  މެއިލް  ކުރެއްވުން  އެދެމެވެ. ނުވަތަ 3018556 އަށް ގުޅުއްވުން އެދެމެވެ.

 

2 ޛުލްޤަޢިދާ 1435

28 އޮގަސްޓް 2014
ހޯދާ