ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމު:

އެސިސްޓެންޓް އިންޖިނިއަރ (އިލެކްޓްރިކަލް) 

ވަޒީފާގެ ދާއިރާ:

ޓްރާންސްމިޝަން އެންޑް ޑިސްޓްރިބިއުޝަން ޑިޕާޓްމަންޓް

މުސާރައާއި އެލަވަންސް އަދި އިތުރުގަޑީގެ ފައިސާ:  

-/10,150 ރ. އާއި -/20,000ރ. އާ ދެމެދު.

ބޭނުންވާ އަދަދު:

01

ފެންވަރު ނުވަތަ ޝަރުޠު:

އިލެކްޓްރިކަލް އިންޖިނިއަރިންގ ދާއިރާއިން ފަސްޓް ޑިގްރީއެއް ހާސިލުކޮށްފައިވުން

ދާއިރާގެ މައިގަނޑު މަސައްކަތް:

  • ވަގުތީ އަދި ދާއިމީ ކަރަންޓަށް އެދޭ ފަރާތްތަކަށް ޚިދުމަތް ދިނުމާއި ގުޅޭގޮތުން ކުރަންޖެހޭ އިދާރީ އަދި ޓެކްނިކަލް ކަންތައް ރާވައި ހިންގުން.
  • ކަރަންޓް ޚިދުމަތަށް އެދޭ ފަރާތްތަކަށް ޚިދުމަތް ދިނުމާއި ދިމާވާ މައްސަލަތައް ބަލައި ކަސްޓަމަރުންނަށް ވީހާވެސް ލުއި އަދި އަވަސްކޮށް ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ރާވައި ހިންގުން،
  • ކަސްޓަމަރުންނަށް ޚިދުމަތް ދިނުމުގެ މަސައްކަތުގައި ބޭނުންކުރެވޭ ތަކެތި ގަތުމަށް ބޭނުންވާ ސްޕެސިފިކޭޝަން ތައްޔާރު ކުރުމާއި ބޭނުންކުރެވޭ ތަކެތީގެ ފެންވަރު ބަލައި މޮނިޓަރ ކުރުން.
  • ކަސްޓަމަރުންނަށް ޚިދުމަތް ދިނުމުގެ މަސައްކަތުގެ ޕްރޮސީޖަރތައް ތައްޔާރު ކުރުން.
  • ވައިރުޓެސްޓް ކުރުމާއި މީޓަރ ޓެސްޓް ކުރުމުގެ މަސައްކަތްތައް ރާވައި ހިންގުން.
  • ލޯވޯލްޓޭޖް ޕެނަލް ޑިޒައިން ކުރުމާއި ޓެސްޓް ކުރުން.

މަޤާމު:

ސީނިއަރ ޓެކްނީޝަން

ވަޒީފާގެ ދާއިރާ:

ޓްރާންސްމިޝަން އެންޑް ޑިސްޓްރިބިއުޝަން ޑިޕާޓްމަންޓް

މުސާރައާއި އެލަވަންސް އަދި އިތުރުގަޑީގެ ފައިސާ:  

-/7420 ރ އާއި -/15,000 ރ އާ ދެމެދު.

ބޭނުންވާ އަދަދު:

01

ފެންވަރު ނުވަތަ ޝަރުޠު:

އިލެކްޓްރިކަލް އިންޖިނިއަރިންގ ދާއިރާއިން ޑިޕްލޮމާއެއް ހާސިލުކޮށްފައިވުން.

ދާއިރާގެ މައިގަނޑު މަސައްކަތް:

  • ސަބްސްޓޭންޝަން / ޑިސްޓްރިބިއުޝަން ނެޓްވޯކް މަރާމާތު މަސައްކަތް ކުރުން.
  • ޑިސްޓްރިބިއުޝަން ވިއުގައިގައި ދިމާވާ އިލެކްޓްރިކަލް މައްސަލަތައް ސުޕަވައިޒަރުންގެ އިރުޝާދުގެ މަތިން ރަނގަޅުކުރުން.
  • ޑިއުޓީ ކުރުމާއި ޑިއުޓީގައި ދިމާވާ ހުރިހާ އިލެކްޓްރިކަލް މައްސަލަތައް ރަނގަޅުކުރުން.
  • އެޗްވީ ކޭބަލް އަދި އެލްވީ ކޭބަލް ޖޮއިންޓްކުރުމާއި ކުރަންޖެހޭ ޓެސްޓުތައް ކުރުން.
  • ޓްރާންސްފޯމަރ ތަކުގެ ލޯޑު ނެގުން.
  • މެއިންޓަނަސް މަސައްކަތްތަކުގެ ލިޔެކިއުންތައް ތައްޔާރުކުރުން.

މަޤާމު:

އެސިސްޓެންޓް ޓެކްނީޝަން

ވަޒީފާގެ ދާއިރާ:

ޓްރާންސްމިޝަން އެންޑް ޑިސްޓްރިބިއުޝަން ޑިޕާޓްމަންޓް

ބޭނުންވާ އަދަދު:

02

މުސާރައާއި އެލަވަންސް އަދި އިތުރުގަޑީގެފައިސާ:  

-/5,740 ރ. އާއި -/12,000 ރ. އާ ދެމެދު.

ފެންވަރު ނުވަތަ ޝަރުޠު:

މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ސެޓުފިކެޓެއް ހާސިލުކޮށްފައިވުން. ނުވަތަ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސެޓުފިކެޓު ހާސިލުކޮށްފައި ވުމާއެކު، ދާއިރާއާ ގުޅޭ 1 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ ފަރާތަކަށްވުން. ނުވަތަ ޖީ.ސީ.އީ އޯލެވެލް އިމްތިޙާނުގެ 2 މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުމާއެކު ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން "ސީ" ފާސް ލިބިފައިވުން.

ދާއިރާގެ މައިގަނޑު މަސައްކަތް:

ކަރަންޓުގެ ޚިދުމަތް ދިނުމަށް ޤާއިމް ކުރެވިފައިވާ ޑިސްޓްރިބިއުޝަން ވިއުގަ ބެލެހެއްޓުމާއި، ޓްރާންސްފޯމަރ އަދި ޑިސްޓްރިބިއުޝަން ފޮށިފަދަ ތަކެތި މަރާމާތުކޮށް ބެލެހެއްޓުން އަދި ޝިފްޓް ޑިއުޓީކުރުމާއިި އެހެނިހެން އިކްއިޕްމަންޓުތަކުގެ މަރާމާތު މަސައްކަތް ކުރުން އަދި ކަރަންޓުގެ ޚިދުމަތަށް އެދޭ ތަންތަން ސާރވޭކުރުން.

މަޤާމު:

އެސިސްޓެންޓް ޓެކްނީޝަން

ވަޒީފާގެ ދާއިރާ:

ކ.ތިލަފުށި އިންޖީނުގެ

ބޭނުންވާ އަދަދު:

01

މުސާރައާއި އެލަވަންސް އަދި އިތުރުގަޑީގެ ފައިސާ:  

-/5,740 ރ. އާއި -/12,000 ރ. އާ ދެމެދު.

ފެންވަރު ނުވަތަ ޝަރުޠު:

މަސައްކަތާގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ސެޓުފިކެޓެއް ހާސިލުކޮށްފައިވުން. ނުވަތަ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސެޓުފިކެޓު ހާސިލުކޮށްފައި ވުމާއެކު، ދާއިރާއާގުޅޭ 1 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ ފަރާތަކަށްވުން. ނުވަތަ ޖީ.ސީ.އީ އޯލެވެލް އިމްތިޙާނުގެ 2 މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުމާއެކު ސެކަންޑަރީ ސްކޫލު ސެޓުފިކެޓު އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން "ސީ" ފާސް ލިބިފައިވުން.

ދާއިރާގެ މައިގަނޑު މަސައްކަތް:

ކަރަންޓުގެ ޚިދުމަތް ދިނުމަށް ޤާއިމު ކުރެވިފައިވާ ޑިސްޓްރިބިއުޝަން ވިއުގަ ބެލެހެއްޓުމާއި، ޓްރާންސްފޯމަރ އަދި ޑިސްޓްރިބިއުޝަން ފޮށި ފަދަ ތަކެތި މަރާމާތުކޮށް ބެލެހެއްޓުން އަދި ޝިފްޓް ޑިއުޓީ ކުރުމާއި އިންޖީނުތައް ހިންގައި އިންޖީނުތަކާއި އެހެނިހެން އިކުއިޕްމަންޓް ތަކުގެ މަރާމާތު މަސައްކަތް ކުރުން އަދި ކަރަންޓުގެ ޚިދުމަތަށް އެދޭ ތަންތަން ސާރވޭކުރުން.

މަޤާމު:

އެސިސްޓެންޓް އޮފިސަރ

ވަޒީފާގެ ދާއިރާ:

ޕްރޮކިއުމަންޓް

ބޭނުންވާ އަދަދު:

02

މުސާރައާއި އެލަވަންސް އަދި އިތުރުގަޑީގެފައިސާ:  

-/5,740 ރ. އާއި -/10,000 ރ. އާ ދެމެދު.

ފެންވަރު ނުވަތަ ޝަރުޠު:

ޖީ.ސީ.އީ އޯލެވެލް އިމްތިޙާނުގެ އިނގެރޭސި ހިމެނޭ ގޮތަށް 2 މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުމާއެކު ސެކަންޑަރީ ސްކޫލު ސެޓުފިކެޓު އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން "ސީ" ފާސް ލިބިފައިވުން.

ދާއިރާގެ މައިގަނޑު މަސައްކަތް:

  • މުދާ ނެގުމަށްޓަކައި ހަދަންޖެހޭ އަގުބަލާ ފޯމުތައް ހެދުމާއި ލޯކަލް ޕީއޯތައް ހެދުން.
  • ފިހާރަތަކަށް ގޮސް އަގުބެލުމާއި މުދާ ނެގުން އަދި މުދާތައް ޙަވާލުކުރުން.
  • މުދާ ނެގުމަށްޓަކައި ކުރަންޖެހޭ އެހެނިހެން މަސައްކަތްތައް.

ވަޒީފާއަށް ހުށަހެޅުމުގެ މުއްދަތު ހަމަވާ ތާރީޚު:

07 ސެޕްޓެންބަރު 2014 ދުވަހުގެ 15:00 ގެކުރިން

މި ވަޒީފާތަކަކީ ކޮންޓްރެކްޓް އުޞޫލުން 1 އަހަރު ދުވަހުގެ މުއްދަތަށް ކަނޑައަޅާފައިވާ ވަޒީފާތަކެކެވެ. ކޮންޓްރެކްޓުގެ މުއްދަތުގެ ތެރޭގައި ކުންފުނިން ކަނޑައަޅާފައިވާ އުޞޫލުތަކާ އެއްގޮތަށް ވަޒީފާ އަދާކޮށްފައިވާނަމަ 1 އަހަރު ހަމަވުމުން ވަޒީފާ ދާއިމީ ކުރެވޭނެއެވެ.

މި މަޤާމަށް އެދިލައްވާ ފަރާތްތަކުން މިކުންފުނީގެ ހެޑްއޮފީހުގެ ރިސެޕްޝަނުން ވަޒީފާއަށް އެދޭ ފޯމު ނެންގެވުމަށްފަހު، ފުރިހަމަކުރައްވާ ތަޢުލީމީ ސެޓުފިކެޓުތަކާއި، ޓްރާންސްކްރިޕްޓުތަކާއި، އެހެން ތަނެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކުރި ވަޒީފާއާއި މަސްއޫލިއްޔަތު އެނގޭނެ ލިޔުން، ސީ.ވީ އަދި އައި.ޑީ ކާޑުގެ ކޮޕީ ވަޒީފާއަށް އެދޭ ފޯމާއެކު މިކުންފުނީގެ ހެޑްއޮފީހުގެ ރިސެޕްޝަނަށް 07 ސެޕްޓެންބަރު 2014 ދުވަހުގެ 15:00 ގެ ކުރިން ހުށަހެޅުއްވުން އެދެމެވެ.

ވަޒީފާއަށް އެދޭ ފޯމު މިކުންފުނީގެ ވެބްސައިޓް www.stelco.com.mv އިންވެސް ޑައުންލޯޑް ކުރެވޭނެއެވެ. އިންޓަވިއު ކުރެވޭނީ ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކާއެވެ. އަދި މިކުންފުނިން ބޭނުންވެއްޖެނަމަ މި އިޢުލާން ބާޠިލުކުރުމުގެ އިޚުތިޔާރު ލިބިގެންވެއެވެ.

                         30  ޝައްވާލު 1435

26 އޮގަސްޓް 2014
ހޯދާ