ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ސޭލްސް ރެޕްރެޒެންޓޭޓިވް / ފާމަސިސްޓް

މިކުންފުނީގެ ނަންބަރު: ADM/2012/297-ފ60 އިޢުލާނަށް އެކަށީގެންވާ ވަރަށް ކެންޑިޑޭޓުން ކުރިމަތިލައްވާފައި ނުވާތީ ތިރީގައި މިދަންނަވާ މަޤާމުތަކަށް މުވައްޒަފުން ހޯދުމަށްކުރި އިޢުލާނުގެ މުއްދަތު އިތުރު ކޮށްފީމެވެ.

މަސައްކަތް ކުރާ ތަން

އަސާސީ މުސާރަ

އަދަދު

މަޤާމު

އެސް.ޓީ.އޯ ރ. ދުވާފަރު ފާމަސީ

-/4350

2

ފާމަސިސްޓް

-/3380

2

ކޭޝިއަރ

އެސް.ޓީ.އޯ ކ. ތުލުސްދޫ ފާމަސީ

-/4350

1

ފާމަސިސްޓް

1. ސޭލްސް ރެޕްރެޒެންޓޭޓިވް / ފާމަސިސްޓް

މަޤާމުގެ މަސްއޫލިއްޔަތު

* ކަސްޓަމަރުންނަށް ތަނުންލިބެން ހުންނަ ޚިދުމަތް ފޯރުކޮށްދިނުން

* ބޭސް ދޫކުރުން

* ހަރުތަކުގައި ބޭސް އެތުރުން

* ކޮންޓްރޯލް ޑްރަގްސް ރިޕޯޓު ތައްޔާރުކުރުން

* މުއްދަތުހަމަވާ ބޭސްތައް ޗެކުކޮށް ރިޕޯޓު ތައްޔާރުކުރުން

ތަޢުލީމާއި ތަޖުރިބާ:

 * އެޑްވާންސްޑް ސެޓުފިކެޓު އިން ފާމަސީ ނުވަތަ ޑިޕްލޮމާ އިން ފާމަސީ ކޯސް ފުރިހަމަ ކޮށްފައިވުން

2. އެސިސްޓެންޓް ސޭލްސް ރެޕްރެޒެންޓޭޓިވް / ކޭޝިއަރ

މަޤާމުގެ މަސްއޫލިއްޔަތު

* ކަސްޓަމަރުންނަށް ތަނުން ލިބެން ހުންނަ ޚިދުމަތް ފޯރުކޮށްދިނުން

* ބިލް ހެދުން

* މުއްދަތު ހަމަވާ ބޭސްތައް ޗެކުކުރުންް

* ރެކްތަކުގައި ބޭސް އެތުރުން

* ކްރެޑިޓް ބިލް ޗެކުކުރުން

* އާސަންދައިން ދޫކުރާ ބޭސްތަކުގެ ޓްރާސެކްޝަންތައް ބެލެހެއްޓުން

ތަޢުލީމާއި ތަޖުރިބާ

 * ޖީ.ސީ.އީ އޯލެވެލް ފުރިހަމަ ކޮށްފައިވުން

އެހެނިހެން އިނާޔަތްތައް:

* އިތުރު އެލަވަންސް: 1500.00ރ އާއި 2700.00ރ އާ ދެމެދުގެ އަދަދެއް ވަޒީފާގެ މަސްއޫލިއްޔަތާ ގުޅޭގޮތަށް ހަޖައްސައިދެވޭނެ

* އިތުރުގަޑީގައި އަދި ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ވަޒީފާއާ ބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާލިބޭނެ

* މަތީ ތަޢުލީމު ހާސިލުކޮށްފައި ވާނަމަ ހަމަޖެހިފައިވާ އުސޫލުން ޓެކްނިކަލް ނުވަތަ ޕްރޮފެޝަނަލް އެލަވަންސް ލިބޭނެ

* ހަމަޖެހިފައިވާ އުސޫލުން އެޓެންޑެންސް އެލަވަންސް ލިބޭނެ

* ޕެންޝަން

* މެޑިކަލް އިންޝުއަރެންސް (ޕްރޮބޭޝަނަށްފަހު)

މި މަޤާމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2014 ސެޕްޓެންބަރު 1ގެ 12:30ގެ ކުރިން އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމާއެކު ތިރީގައިވާ އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމު މި ކުންފުނީގެ ހެޑްއޮފީހުގެ ކައުންޓަރުން އަދި އެސްޓީއޯ ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.

http://www.stomaldives.com/downloads/ :އެސްޓީއޯ ވެބްސައިޓް

ނޯޓް:

  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ ( އަސްލާ އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާ ސެޓުފިކެޓު ހުށަހަޅާފައިވާނަމަ، އިންޓަވިއު އަށް ހާޒިރުވާންވާނީ ސެޓުފިކެޓުތަކުގެ އަސްލާ އެކުގައެވެ.)
  • މި މަޤާމަށް މުވައްޒަފުން ހޮވާނީ ތަޢުލީމީ ސެޓުފިކެޓުތަކާއި މަސައްކަތު ތަޖުރިބާ އަދި އިންޓަވިއުއަށް ބަލައި އެންމެ މަތިން މާކްސް ލިބޭ ފަރާތްތަަކެވެ.
  • އިންޓަވިއު އަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކަށެވެ.
  • ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސް ރިޕޯޓް / ކުށުގެ ރިކޯޑަށް ބަލާނެއެވެ.

އެޑްރެސް:

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން  ޕލކ ހެޑްއޮފީސް

ބޮޑުތަކުރުފާނު މަގު، މާފަންނު، މާލެ – 20345

ފޯން:  3344245 / 3344368      ފެކްސް: 3344041     އީމެއިލް އެޑްރެސް: [email protected]

 

24 އޮގަސްޓް 2014
ހޯދާ