އަރިއަތޮޅު އުތުރުބުރީ އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
މެއިންޓެނަންސް އޮފިސަރ

މި ހޮސްޕިޓަލްގެ ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ހޯދުމަށްޓަކައި ކުރެވުނު މި ހޮސްޕިޓަލުގެ ނަންބަރު: IUL)AAAH/AAAH/2014/6)ފ(27 އެޕްރީލް 2014) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ކުރިމަތިލައްވާފައިނުވާތީ، އެ މަޤާމުގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ހުޅުވާލަމެވެ. މި ވަޒީފާތަކަށް ބޭނުންވަނީ ގިނަވަގުތު މަސައްކަތުގައި އުޅެވޭ މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލު މީހުންނެވެ.

މަޤާމު:

ބޭނުންވާ އަދަދު:

މެއިންޓެނަންސް އޮފިސަރ

01

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ރޭންކް: MS1

މުސާރަ:

މަހަކު -/5610 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/2500 ރުފިޔާ

މަޤާމު އޮތް ތަން:

އއ. އަތޮޅު ހޮސްޕިޓަލް/ އއ. ރަސްދޫ

ޢާންމު ގޮތެއްގައި މަސައްކަތް ކުރަންޖެހޭ ތަން:

އއ. އަތޮޅު ހޮސްޕިޓަލް/ އެޑްމިން އެންޑް ހިޔުމަން ރިސޯސް

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

1. ހޮސްޕިޓަލާއި، ޞިއްޙީ މަރުކަޒު ތަކުގެ އިންވެންޓްރީ ބެލެހެއްޓުން.

2. ހޮސްޕިޓަލާއި، ޞިއްޙީ މަރުކަޒު ތަކުގެ މެޝިނަރީޒް އާއި، އިކުއިޕްމެންޓްސްގެ މަރާމާތުތައް ބަލައި މަރާމާތު ކުރުވުން.

3. ހޮސްޕިޓަލްގެ ސާފު ނުސާފު ބެލެހެއްޓުން.

4. ހޮސްޕިޓަލުން އުކާލަންޖެހޭ މެޑިކަލް ހަޒާޑްސްގެ ގޮތުގައި ހިމެނޭ ހޮސްޕިޓަލް ވޭސްޓްސް އިންސިނެރޭޓްކޮށް ނައްތާލާތޯ ބަލައި އެފަދަ ކުނިބުނި ނައްތާލުން.

5. ބިދޭސީ މުވަޒަފުންގެ އެކަމަޑޭޝަންގެ ކަންތައްތައް ހަމަޖެއްސުން.

6. ސެކްޝަންގައި މަސައްކަތް ކުރައްވާ މުވަޒަފުންގެ މަސައްކަތްތައް ބަލައި ސުޕަވައިޒުކުރުން.

7. މެއިންޓެނަންސް މަސައްކަތަކާ ގުޅިގެން އިދާރީގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.

ޝަރުޠު:

  1. މެއިންޓެނަންސްގެ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއި، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. މެއިންޓެނަންސްގެ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ
  3. މެއިންޓެނަންސްގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއި، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް:

  1. ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.
  3. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.

ޢިނާޔަތްތައް:

  1. ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.
  2. ސިވިލް ސަރވިސްގެ ގަވާއިދުގައިވާ ގޮތުގެ މަތިން މަސައްކަތްތަށް ނުކުންނަ ކޮންމެ ދުވަހަކަށް ރިސްކް އެލަވަންސް.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު ޕާސްޕޯޓް ސައިޒުގެ ފޮޓޯއާއެކު (ފޯމު މި ހޮސްޕިޓަލްގެ ކައުންޓަރުންނާއި، އަދި ސިވިލް ސަރވިސް ކޮމިޝަންގެ www.csc.gov.mv ވެބްސައިޓުން ލިބެންހުންނާނެއެވެ.
  2. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ އަދި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހައި ސޮއިކޮށްފައިވާ އަސްލު)
  3. ވަޒީފައަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ސި.ވީ)
  4. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނެ ގޮތަށް ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހައި ސޮއިކޮށްފައިވާ އަސްލު)
  5. ވަޒީފާގެ ދާއިރާއާގުޅޭ ކުރުމުއްދަތުގެ ކޯހާއި ވާރކްޝޮޕް، ސެމިނަރ ފަދަ ތަމްރީނު ޕްރޮގުރާމުތަކުގެ ސެޓުފިކެޓު ނުވަތަ ބައިވެރިވި ކަމުގެ ލިޔުންތައް. މި ލިޔުންތަކަކީ އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން އެޓެސްޓުކޮށް ތައްގަނޑު ޖަހާފައިވާ ލިޔުންތަކަކަށް ވާންޖެހޭނެއެވެ.
  6. މަސައްކަތުގެ ތަޖުރިބާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމުތަކާއި އެ މަޤާމުތައް އަދާކޮށްފައިވާ ތާރީޚުތައް އެގެން އޮންނަންވާނެއެވެ. މި ލިޔުންތަކަކީ އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން އެޓެސްޓުކޮށް ތައްގަނޑު ޖަހާފައިވާ ލިޔުންތަކަކަށް ވާންޖެހޭނެއެވެ.)
  7. މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމާއި ތަމްރީނަށް ބަލައި 10 ފަރާތެއް ޝޯޓްލިސްޓު ކުރެވޭނެއެވެ.

ސުންގަޑި:

- މި މަޤާމަށް ކުރިމަތި ލައްވާ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމު ހުށަހެޅުއްވުމުގެ އެންމެފަހުގެ ތާރީޚަކީ 10 ސެޕްޓެންބަރު 2014 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން މި ހޮސްޕިޓަލްގެ އިދާރީ ސެކްޝަނަށް. އަދި  މަޢުލޫމާތު ފުރިހަމަނުވާ އެޕްލިކޭޝަންތައް ބަލައިނުގަނެވޭނެއެވެ.

- ދެންނެވިފައިވާ މުއްދަތުގެ ފަހުން ހުށަހެޅޭ އެޕްލިކޭޝަންތައް ބަލައިނުގަނެވޭނޭ ވާހަކަވެސް ދަންނަވަން.

އިންޓަވިއު އޮންނާނެ ތާރީޚާއި ތަން:

- މި މަޤާމަށް ކުރަތިލާ މީހުންނާއި އިންޓަވިއު ކުރުން އޮންނާނީ މި ހޮސްޕިޓަލްގެ ކޮންފަރެންސް ހޯލުގައެވެ.

- މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު އޮންނާނީ ސެޕްޓެންބަރު މަހުގެ ފަހު ހަފުތާގެ ތެރޭގައެވެ.

އިތުރު މަޢުލޫމާތު:

- މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 6660645 އެވެ.

20 އޮގަސްޓް 2014
ހޯދާ