މަޤާމު
|
އެސިސްޓެންޓް އިންވެސްޓިގޭޝަން އޮފިސަރ
|
ބޭނުންވާ އަދަދު
|
1 (އެކެއް) (ވަގުތީ)
|
މަސައްކަތް ކުރަންޖެހޭ ތަން
|
އެންޓި-ކޮރަޕްޝަން ކޮމިޝަން (ހުރަވީ ބިލްޑިންގ)
|
މުސާރައާއި ޢިނާޔަތްތައް
|
- މުސާރަ: -/11,000 ރުފިޔާ
- ސަރވިސް އެލަވަންސް: -/8,000 ރުފިޔާ
|
ޝަރުޠު
|
- އެކައުންޓިންގ ނުވަތަ އޮޑިޓިންގގެ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުން.
- ދިވެހިބަހުންނާއި އިނގިރޭސި ބަހުން ރަނގަޅަށް އިބާރާތްކުރަން އެނގުމާއެކު، ފަރިތަކަމާއެކު މުޢާމަލާތުކުރުމުގެ ހުނަރު ލިބިފައިވުން.
- އުމުރުން 55 އަހަރު ވެފައި ނުވުން.
- އޮޑިޓިންގ ނުވަތަ އެކައުންޓިންގ ދާއިރާއިން ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
|
މަޤާމުގެ މަސްއޫލިއްޔަތު
|
ދައުލަތުގެ މުވައްޒަފުން ދައުލަތުގެ ފައިސާއަށާއި މުދަލަށް ޚިޔާނާތްތެރިވުމާއި، ރިޝްވަތުހިފުމާއި، މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒް ފައިދާ ހޯދުމާއި، މިނޫނަސް ގަވާއިދު ހުއްދަނުކުރާ ގޮތްގޮތުން އަމިއްލަ ފައިދާ ހޯދުމާއި، ވަކިމީހަކަށް ނުވަތަ ވަކިބަޔަކަށް ނުޙައްޤު ފައިދާއެއް ހޯދައިދިނުމަށް ކުރާ ކަންތައްތަކާ ބެހޭގޮތުން ކޮމިޝަނަށް ހުށަހެޅޭ މައްސަލަތަކާއި، މިބާވަތުގެ ކަންތައްތަކުގެ ތެރެއިން ކޮމިޝަނުން ބަލަން ހަމަޖައްސާ މައްސަލަތައް ތަޙުޤީޤުކުރުން.
|
ހުށަހަހަޅަންޖެހޭ ލިޔުންތައް
|
- ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު.
- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިވާ އަދި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހައި ސޮއިކޮށްފައިވާ، މަޤާމުގެ ޝަރުޠުތަކުގެ ތެރޭގައި ބަޔާންކުރެވިފައި ވާފަދަ ދާއިރާއެއްގެ ޑިގްރީ ސެޓުފިކެޓާއި ޓްރާންސްކްރިޕްޓުގެ ކޮޕީ.
- ސެޓުފިކެޓު އެކްރެޑިޓް ނުކުރެވި ނުވަތަ އެކްރެޑިޓް ކުރުމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމް.ކިޔު.އޭ) އަށް ހުށަހަޅާފައިވާނަމަ، އެމް.ކިޔު.އޭ އިން އެޓެސްޓު ކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި، ޓްރާންސްކްރިޕްޓުގެ އެޓެސްޓް ކޮށްފައިވާ ކޮޕީ.
- ސެޓުފިކެޓު އެކްރެޑިޓް ނުކުރެވިވާނަމަ، ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ އެޓެސްޓް ކޮށްފައިވާ ކޮޕީ.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.
- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ އަންގައިދޭ ލިޔުމެއް.
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯކޮޕީ.
- ވަޒީފާއެއްގައި އުޅޭނަމަ، ވަޒީފާގައި އުޅޭކަން ބަޔާންކޮށް ވަޒީފާ އަދާކުރާ ތަނުން ދޫކޮށްފައިވާ ލިޔުން.
|
ސުންގަޑު
|
8 ސެޕްޓެންބަރު 2014 ވާ ހޯމަދުވަހުގެ 15:00 ގެ ކުރިން
|
އިތުރު މަޢުލޫމާތު
|
- އެޕްލިކޭޝަން ފޯމު ހުށަހަޅަންޖެހޭނީ މި ކޮމިޝަނުގެ ކައުންޓަރަށެވެ.
- އެޕްލިކޭޝަން ފޯމު އޮންލައިންކޮށެއް ނުވަތަ އީ-މެއިލް މެދުވެރިކޮށެއް ހުށައެއް ނޭޅޭނެއެވެ.
- އިންޓަވިއުއަށް ކިޔާނީ ހަމައެކަނި ޝޯޓްލިސްޓު ކުރެވިފައިވާ ކެންޑިޑޭޓުންނަށެވެ.
- ވަޒީފާއަށް އެދޭ ފޯމު މި ކޮމިޝަނުގެ ކައުންޓަރުންނާއި، މި ކޮމިޝަނުގެ ވެބްސައިޓް www.acc.gov.mv ން ލިބިވަޑައިގަންނަވާނެއެވެ.
- މަޢުލޫމާތު ފުރިހަމަނުވެ ހުންނަ ފޯމާއި، ހުށަހަޅަންޖެހޭ ލިޔުންތައް ހަމަނުކޮށް ހުށަހަޅާ ފޯމުތައް ބަލައެއް ނުގަނެވޭނެއެވެ.
- ފޯމު ބަލައިގަތުމަށް ފަހުގައިވެސް ސައްޙަނޫން މަޢުލޫމާތެއް ހިމަނާފައިވާކަން ނުވަތަ ޝަރުޠު ހަމަނުވާކަމަށް ފާހަގަވެއްޖެނަމަ، އެ ފޯމެއް ބާޠިލު ކުރެވޭނެއެވެ.
- ވަޒީފާއަށް މީހުން ހޮވުމުގައި، ވަޒީފާގެ ދަފްތަރުގައި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
|
އިތުރު މަޢުލޫމާތު ހޯއްދެވުމަށް:
ފޯނު ނަންބަރު: 3015214 / 3015200
ފެކްސް ނަންބަރު: 3317182
އީމެއިލް: [email protected]
|