ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢާދަކުރަނިވި ހަކަތައިން ކަރަންޓް އުފައްދާ ނިޒާމެއް ޤާއިމްކުރުން- ރީ ޓެންޑަރ

އިޢާދަކުރަނިވި ހަކަތައިން ކަރަންޓް އުފައްދާ ނިޒާމެއް ޤާއިމްކުރުން

މިކައުންސިލްގެ ނަންބަރު: (IUL)267/267/2022/10 އިޢުލާން ގުޅިގެން އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ އެ އިއުލާން ބާތިލް ކުރުމަށްފަހު އަލުން ބީލަން ހުށަހެޅުމުގެ ފުޞަތު ހުޅުވާލަމެވެ.

                   މިކައުންސިލްއިން ދޭ މަޢުލޫމާތާއި އެއްގޮތައް އަމިއްލަތަކެތީގައި އިޢާދަކުރަނަވި ހަކަތައިން ކަރަންޓް އުފައްދާ ނިޒާމް ޤާއިމްކޮށްދޭން ޝައުގްވެރިވާ ދިވެހި ވިޔަފާރިތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ލޮޓް 1 : ކައުންސިލް އިދާރާ KW PV System 10KWP (3 Phase)

ލޮޓް 2 : މަސްޖިދުއް އަންވާރު KW PV System 5KWP (Single Phase)

ބީލަމުގައި ރަޖިސްޓްރީވުން

 އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބޭނުންވާ ފަރާތްތަކުން 13 މާރިޗް 2022 ވާ (އާދިއްތަ) ދުވަހުގެ  10:00 ގެ ކުރިން މިއިދާރާއަށް ވަޑައިގެން، ނުވަތަ މިއިދާރާގެ ނަމްބަރ 6520034 އަށް ގުޅުއްވައިގެން، ނުވަތަ އޮންލައިންކޮށް ތިރީގައިވާ ލިންކުން ފޯމް ހުށަހަޅާ ރަޖިސްޓްރީވުމަށް އެދެމެވެ.

ލިންކް: https://forms.office.com/r/vWHvcLbYTq  

 

މަޢުލޫމާތު ދިނުން:

ބީލަމާއި ބެހޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފްކުރެއްވުމަށް ބޭނުންވެލައްވާނަމަ 17 މާރިޗް 2022 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން މިއިދާރާގެ މެއިލް އެޑްރެސް [email protected] އަށް އީމެއިލް ކުރުން އެދެމެވެ.

ބިޑްގައި ރަޖިސްޓްރީވާ ފަރާތްތަކަށް މަޢުލޫމާތު ޝީޓް އީމެއިލް ކުރެވޭނެއެވެ.

 

ބީލަމުގައި ހުށަހެޅުން:

ބީލަން ހުޅުވުން އޮންނާނީ 20 މާރިޗް 2022ވާ އާދިއްތަ ދުވަހުގެ 13:00ގައި ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ ކައުންސިލްގެ އިދާރާގެ ކޮންފަރެންސް ހޯލްގައެވެ. ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކާއި ގަޑިޖެހުމަށްފަހު

ހުށަހަޅުއްވާ އަންދާސީ ހިސާބުތަކާއި، އީމެއިލްގެ ޒަރީޢާއިން ފޮނުއްވާ ބީލަންތައް ބަލައިނުގަންނާނެކަމާއި، އަދި މަޢުލޫމާތު ފުރިހަމަނުވާ ބީލަންތައް ބާޠިލުވާނެވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. މައުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ ބީލަން ބަލައިގަންނަގޮތަށް ވަނީ ހަމަޖެހިފައެވެ.

މިބީލަމުގައި ބައިވެރިވަޑައިގެންނެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވަލޮޕްމަންޓްގެ ޤާނޫނު ނަމްބަރު: 18/2014 (ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު)ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި ޤާނޫނު ނަމްބަރު: 19/2014 (އަމިއްލަފަރުދުންގެ ވިޔަފާރި ޤާނޫނު)ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ

 

                       މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.           

                     04  ޝަޢުބާން  1443ހ

                      07  މާރިޗް    2022މ

 

07 މާރިޗު 2022
ހޯދާ