ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާގެ މޮޑަނައިޒޭޝަން ސެކްޝަނުން ސިވިލް ސަރވިސް މޮޑަނައިޒުކުރުމަށް ކުރަންޖެހޭ މަސައްކަތަށް ކޮންޓްރެކްޓް މުވައްޒަފަކު ބޭނުންވެއްޖެ

ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާގެ މޮޑަނައިޒޭޝަން ސެކްޝަނުން ސިވިލް ސަރވިސް މޮޑަނައިޒު ކުރުމަށް ކުރަންޖެހޭ މަސައްކަތަށް ކޮންޓްރެކްޓް މުވައްޒަފަކު ބޭނުންވެއްޖެ:

ދިވެހި ސިވިލް ސަރވިސްގެ ރިފޯމް މެނުއަލް ތައްޔާރު ކުރުމާއި، ސިވިލް ސަރވިސްގެ އިދާރާތަކުގައި ސަރވިސް އެކްސެލެންސް އަދި އިނޮވޭޝަންގެ ވިސްނުން އަށަގެންނެވުމަށްޓަކައި އޮޕަރޭޝަނަލް ޕްލޭނެއް އެކުލަވާލައި އެ ޕްލޭން ކަނޑައެޅޭ އިދާރާތަކެއްގައި ޕައިލެޓްކޮށް ހިންގާނޭ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. 

  1. މަޤާމުގެ ނަން: ރިފޯމް ސްޕެޝަލިސްޓް
  2. ބޭނުންވާ އަދަދު: 01
  3. އުޖޫރަ (މަހަކަށް) -/25000 (ފަންސަވީސްހާސް ރުފިޔާ)
  4. މަސައްކަތުގެ ވަގުތު: ދުވާލަކު 7 ގަޑިއިރު (މަޤާމަށް އައްޔަންކުރެވޭ ފަރާތަށް ފްލެކްސިބަލް ގަޑިތަކެއްގައި މަސައްކަތް ކުރުމުގެ ފުރުޞަތު ދެވޭނެއެވެ.)
  5. މުއްދަތު: 05 މަސްދުވަސް (ނުވަތަ މަސައްކަތް ނިމެންދެން)
  6. ފެންވަރު ނުވަތަ ޝަރުޠު:
  • ވަޒީފާގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުން.
  • ވަޒީފާގެ މަސައްކަތުގެ ދާއިރާގައި 3 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
  • ދިރާސާކުރުމުގެ ޤާބިލުކަން ހުރުން.

ކުރަންޖެހޭ މަސައްކަތާ ބެހޭ މަޢުލޫމާތު:

1. ތިރީގައިވާ ބައިތައް ހިމެނޭގޮތުން "ދިވެހި ސިވިލް ސަރވިސްގެ ރިފޯމް މެނުއަލް" އެއް ތައްޔާރުކުރުން.

1.1 ފޯނު މެދުވެރިކޮށް ދެވޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް ކަނޑައެޅިފައިވާ މިންގަނޑުތައް.

1.2 އިދާރީގޮތުން ބޭއްވޭ ބައްދަލުވުންތައް ބޭއްވުމުގެ މިންގަނޑުތައް

1.3 ދިވެހި ސިވިލް ސަރވިސްގެ އިނޮވޭޝަން އެވާރޑް.

1.4 ސިވިލް ސަރވިސްގެ ސަރވިސް އެކްސެލެންސް.

1.5 ސިވިލް ސަރވިސް އިން ދެވޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމުގެ މިންގަނޑުތައް.

1.6 ޑޮކިއުމަންޓް މެނޭޖްމަންޓް މިންގަނޑުތައް.

1.7 އޮފީސްތަކުގެ ކައުންޓަރުތަކުން ދެވޭ ޚިދުމަތް ތަރައްޤީކުރުމުގެ މިންގަނޑުތައް.

1.8 ހުށަހެޅޭ ޝަކުވާތަކަށް ޖަވާބުދާރީވުމުގެ މިންގަނޑުތައް.

1.9 ރަސްމީގަޑީގައި ބޭރަށްދިއުމުގެ މިންގަނޑުތައް.

1.10 "ކްލިއެންޓްސް ޗާޓަރ" ގެ މިންގަނޑުތައް.

1.11 މުވައްޒަފުން މަޢުލޫމާތު އިތުރުކޮށް ތަމްރީނުކުރުމަށް ބޭއްވޭ ސެމިނަރ/ކޯސް/ބައްދަލުވުން/ކޮންފަރެންސް އަދި ވާރކްޝޮޕްތަކުގައި ބައިވެރިކުރުމުގެ މިންގަނޑުތައް.

1.12 އަހަރީ ރިޕޯޓު ތައްޔާރުކުރުމުގެ މިންގަނޑުތައް.

2. ސިވިލް ސަރވިސްގެ އިދާރާތަކުގައި ސަރވިސް އެކްސެލެންސް އަދި އިނޮވޭޝަންގެ ވިސްނުން އަށަގެންނެވުމަށްޓަކައި އޮޕަރޭޝަނަލް ޕްލޭނެއް އެކުލަވާލުން. އަދި، އެ ޕްލޭން ކަނޑައެޅޭ އިދާރާތަކެއްގައި ޕައިލެޓްކޮށް ހިންގައި، އޭގެ ނަތީޖާގެ މައްޗަށް ކުރިމަގު ބައްޓަންކުރަންވީ ގޮތުގެ ރިޕޯޓެއް އެކުލަވާލުން.

މި މަސައްކަތް ކުރާނޭ ފަރާތެއް ހޮވުން:

މަތީގައިވާ މަޢުލޫމާތުތަކުގެ މައްޗަށް ރިޢާޔަތްކޮށް، މި މަސައްކަތް ކުރުމަށް ޙަވާލުކުރާ ފަރާތެއް ހޮވާނީ، މި މަސައްކަތް ކޮށްދިނުމަށް ހުށަހަޅާ ފަރާތްތަކާއެކު ކުރެވޭ އިންޓަވިއުތަކާއި ޤާބިލުކަން ވަޒަންކުރުމަށް ކުރެވޭ އެސެސްމަންޓްތަކުގެ ނަތީޖާއަށް ބަލައިގެންނެވެ. މި ގޮތުން މީހަކު ހޮވުމުގައި ތިރީގައިވާ ކަންތައްތަކަށް ބެލޭނެއެވެ.

  1. ތަޢުލީމީ ފެންވަރު -
  2. މަސައްކަތުގެ ތަޖުރިބާ -
  3. ޤާބިލުކަން ހުރި މިންވަރު (އިންޓަވިއު/ޕްރެޒެންޓޭޝަން/ޕްރެކްޓިކަލްސް) - %75

ވުމާއެކު، މިކަމަށް އެދޭ ތިރީގައި މި ދަންނަވާ ޝަރުޠު ފުރިހަމަވާ ފަރާތްތަކުން 11 ސެޕްޓެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ވަނަވަރާއި ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއެކު ސިވިލް ސަރވިސް ކޮމިޝަނުގެ ވަޒީފާއަށް އެދޭ ފޯމު ފުރުއްވައި މި ކޮމިޝަނަށް (ހ. ވެލާނާގެ، 12 ވަނަ ފަންގިފިލާ) ހުށަހެޅުއްވުން އެދެމެވެ. ވަޒީފާއަށް އެދޭ ފޯމު މި ކޮމިޝަނުގެ ކައުންޓަރުންނާއި ކޮމިޝަނުގެ ވެބްސައިޓް (www.csc.gov.mv) އިން ލިބެން ހުންނާނެއެވެ.

29 ޝައްވާލު 1435

25 އޮގަސްޓް 2014
ހޯދާ