މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ
ދިވެހިރާއްޖެ
ފްލައިޓް އޮޕަރޭޝަންސް އޮފިސަރ

މަޤާމު:

ފްލައިޓް އޮޕަރޭޝަންސް އޮފިސަރ

ބޭނުންވާ އަދަދު:

01

ސެކްޝަން:

ފްލައިޓް އޮޕަރޭޝަންސް

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ

މުސާރަ އާއި އެލަވަންސް:

އިންޑަސްޓްރީއާ އަޅާކިޔޭވަރުގެ މުސާރައާއި އެލަވަންސް ދެވޭނެއެވެ.

ވަޒީފާ އަދާކުރަންޖެހޭތަން:

މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ، ކ.މާލެ

ފެންވަރު ނުވަތަ ޝަރުތު:

1. ކޮމާޝަލް ޕައިލޮޓް ލައިސެންސެއް އޮތުން

- އެސް.އެސް.ސީ އިމްތިޙާނުގައި ދިވެހި، ސާނަވީ އިމްތިޙާނުން އިނގިރޭސި އަދި ހިސާބުން ދަށްވެގެން "ސީ" ފާސް ލިބިފައިވުން ނުވަތަ އެއާ އެއްވަރުގެ ފާސްތަކެއް ލިބިފައިވުން

- ޕައިލޮޓްކަން ކުރުމާއެކު ފްލައިޓް އޮޕަރޭޝަންސް ދާއިރާއިން ޖުމްލަ 5 އަހަރުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ

2. އެއާލައިން ޓްރާންސްޕޯޓް ޕައިލޮޓް ލައިސެންސް އޮތުން

- އެސް.އެސް.ސީ އިމްތިޙާނުގައި ދިވެހި، ސާނަވީ އިމްތިޙާނުން އިނގިރޭސި އަދި ހިސާބުން ދަށްވެގެން "ސީ" ފާސް ލިބިފައިވުން ނުވަތަ އެއާ އެއްވަރުގެ ފާސްތަކެއް ލިބިފައިވުން

- އެސިސްޓެންޓް ފްލައިޓް އޮޕަރޭޝަންސް އިންސްޕެކްޓަރެއްގެ ގޮތުގައި އުޅެ 4 އަހަރުގެ ތަޖުރިބާ ލިބިފައިވުން

މަޤާމުގެ މަސްޢޫލިއްޔަތު:

  1. ދިވެހިރާއްޖޭގައި ވައިގެ ދަތުރުފަތުރުގެ ޚިދުމަތް ދިނުމުގެ ހުއްދަ (އެއާ އޮޕަރޭޓަރސް ސެޓުފިކެޓު) އަދި ޕައިލޮޓުން ތަމްރީނު ކުރާ ސްކޫލު ހުއްދަ (ފްލައިން ޓްރޭނިންގ އޮގަނިޒޭޝަން) ދިނުމުގެ ގޮތުން ތިރީގައިވާ ކަންތައްތައް ކުރުން.
  2. ދިވެހިރާއްޖޭގައި މަދަނީ ވައިގެ ދަތުރުފަތުރު ކުރުމަށް ބޭނުންވާ ގަވާއިދުތައް ތައްޔާރުކޮށް އަދި/ނުވަތަ މުތާލިއާކޮށް ވައިގެ ދަތުރުފަތުރުގެ ޚިދުމަތް ދިނުމުގެ ހުއްދައަށްް އެދޭފަރާތުގެ ލިޔެކިޔުންތައް ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން މުތާލިއާކުރުން
  3. ވައިގެ ދަތުރުފަތުރުގެ ޚިދުމަތަށް ހުއްދަ ދިނުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭ އިންސްޕެކްޝަންސް ހެދުން
  4. އަދި ހެދިފައިވާ ގަވާއިދު ތަކާއި ސިޔާސަތުތަކާ އެއްގޮތަށް ހުއްދަދީ (އެއާ އޮޕަރޭޓަރސް ސެޓުފިކެޓު) ބެލެހެއްޓުން
  5. ބައިނަލްއަޤްވާމީ ވައިގެ ދަތުރުފަތުރުގެ ޖަމްޢިއްޔާ (އައިކާއޯ) އިން ލާޒިމުކުރާ ގޮތުގެ މަތިން، އެއާ އޮޕަރޭޓަރސް ސެޓުފިކެޓު އަދި/ނުވަތަ ފްލައިން ޓްރޭނިންގ އޮގަނައިޒޭޝަން ހުއްދަ ދެވިފައިވާ ފަރާތްތަކުގެ ސަލާމަތްތެރިކަން ބެލެހެއްޓުމަށްޓަކައި ހަދަންޖެހޭ އިންސްޕެކްޝަންސް ހެދުން
  6. އެއާ އޮޕަރޭޓަރސް ސެޓުފިކެޓު އަދި/ނުވަތަ ފްލައިން ޓްރޭނިންގ އޮގަނައިޒޭޝަން ދެވިފައިވާ ފަރާތްތަކުގެ އޮޕަރޭޝަންސް މެނުއަލް ތަކަށް އަންނަ ބަދަލުތައް މުތާލިއާ ކުރުމާއި އެ ބަދަލުތަކަށް ހުއްދަ ދިނުން
  7. ޕައިލެޓުން، ކެބިންކުރޫން، ފްލައިޓް ޑިސްޕެޗަރުންނާބެހޭ ގަވާއިދުތައް ތައްޔާރުކޮށް އަދި/ނުވަތަ މުތާލިއާކޮށް ސެކްޝަންގެ އިސްވެރިޔާއަށް ލަފާދިނުން އަދި ހެދިފައިވާ ގަވާއިދު ތަކާއި ސިޔާސަތުތަކާއި އެއްގޮތަށް ހުއްދަދީ (ލައިސެންސް/ސެޓުފިކެޓު/ވެލިޑޭޝަން) ބެލެހެއްޓުން
  8. ޕައިލޮޓުން، ކެބިންކުރޫން، ފްލައިޓް ޑިސްޕެޗަރުންގެ މެޑިކަލް އެގްޒެމިނަރުންނަށް ހުއްދަދިނުމުގެ ގޮތުން، ހަދަންޖެހޭ ގަވާއިދުތައް ހެދުމާއި، ލިޔެކިޔުންތައް މުތާލިއާ ކުރުމާއި، މެޑިކަލްއާ ގުޅުންހުރި ކަންކަމުގައި ގޮތެއް ނިންމުމުގައި މެޑިކަލް އެގްޒެމިނަރުންނާ ވިލަރެސް ކުރުން
  9. ގަވާއިދުތަކާ އެއްގޮތަށް ހުއްދަދީ ބަލަމުންދާއިރު، އެކަމެއްް ނުވަތަ އެތަނެއް ނުވަތަ އެތަނަކާ ގުޅޭކަމެއް ވަނީ ގަވާއިދާ ޚިލާފަށް ނުވަތަ ސަލާމަތީ ގޮތުން އެކަށީގެންނުވާ ފެންވަރަކަށް ނުވަތަ ގޮތަކަށް ކަމަށްވާނަމަ، އެތަނެއް ނުވަތަ އެކަމެއް އިޞްލާޙު ކުރުމަށް، ހެދިފައިވާ ގަވާއިދު ތަކާއި ސިޔާސަތުތަކާ އެއްގޮތަށް، ފިޔަވަޅުއަޅައި ސެކްޝަންގެ އިސްވެރިއާގެ ސަމާލުކަމަށް ގެނައުން

ވަޒީފާއަށް ހޮވުމުގައި އިސްކަންދެވޭނެ ކަންތައްތައް:

1. މަޤާމުގެ މަސައްކަތާގުޅޭގޮތުން ހާސިލުކޮށްފައިވާ ޕޮރޮފެޝަނަލް ޓްރެއިނިންގ އާއި ތަޖުރިބާ

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚާއި ތަން

1. 10 ސެޕްޓެންބަރު 2014 ވާ ބުދަ ދުވަހުގެ 1600 ގެ ކުރިން މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީއަށް

ހުށަހަޅަންޖެހޭ ލިޔުން

1. ވަޒީފާއަށް އެދޭ ފޯމު (އޮތޯރިޓީގެ ވެބްސައިޓުން (www.caa.gov.mv/forms.php) ލިބެން ހުންނާނެ)

2. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު

3. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ (އެކްރެޑިޓް ކުރެވިފައިވާ) ފޮޓޯކޮޕީ (އެޓެސްޓްކޮށް ތައްގަނޑު ޖަހާފައިވާ އަސްލު)

އިންޓަވިއު ކުރުން:

އިންޓަވިއު ކުރުމަށް ހަމަޖެހިފައިވަނީ 18 ސެޕްޓެންބަރު 2014 ން ފެށިގެން މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގައެވެ.

އަދި އިންޓަވިއު އަށް ހާޒިރުކުރެވޭނީ ފޯމު ހުށަހަޅުއްވާ އަދި ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކަށް ކަމަށް މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

28 އޮގަސްޓް 2014
ހޯދާ