މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ
ދިވެހިރާއްޖެ
ސިފައިންގެ ވަޒީފާގެ ފުރުޞަތު

ދާއިރާތައް:

- މެރިންކޯރ

- ސްޕެޝަލް ފޯސަސް

- ފަޔަރ އެންޑް ރެސްކިއު ސަރވިސް

- ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް

- ކޯސްޓްގާރޑް

- މިލިޓަރީ ޕޮލިސް

- މެޑިކަލް ސަރވިސް

- ކޯރ އޮފް އިންޖިނިއަރސް

- ސަޕޯޓް ސަރވިސް

ފެންވަރު ނުވަތަ ޝަރުޠު:

 

  • ދިވެހި ރައްޔިތެއް ކަމުގައިވުން.
  • ދަށްވެގެން ޖީ.ސީ.އީ އޯލެވެލް ފެންވަރު ހުރުން ނުވަތަ އެފެންވަރުގެ ވޮކޭޝަނަލް ސެޓުފިކެޓެއް އޮތުން
  • އުމުރުން 18 އަހަރު ފުރި 28 އަހަރު ނުފުރޭ މީހަކު ކަމުގައި ވުން.
  • ސިފައިންގެ ވަޒީފާ އަދާކުރެވޭފަދަ ޞިއްޙަތެއްގައި ހުރި މީހަކު ކަމުގައި ވުން.
  • ވޭތުވެދިޔަ 5 އަހަރުދުވަހުގެ ތެރޭގައި ކުށުގެ ރިކޯޑެއް އޮތް މީހަކުކަމުގައި ނުވުން.
  • އިސްކޮޅު (ފިރިހެން: 5 ފޫޓް 5 އިންޗި،  އަންހެން: 5 ފޫޓް 3 އިންޗި).
  • ސަރުކާރުގެ މަސްއޫލިއްޔަތުތަކާއި މަސައްކަތްތަކުން ވީއްލުމުގެ ޕްރޮގުރާމުގެ ދަށުން ވަޒީފާއިން ވަކިވެފައިވާ މީހެއްކަމުގައި ނުވުން.
  • އެއްވެސް ސިޔާސީ ޕާޓީއެއްގެ މެމްބަރެއްކަމުގައި ނުވުން.

ސުންގަޑި:

- ވަޒީފާއަށް އެދޭ ފޯމު ބަލައިގަތުމުގެ ސުންގަޑިއަކީ 18 ސެޕްޓެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން.

އިތުރު މަޢުލޫމާތު:

- ސިފައިންގެ ވަޒީފާއަށް މީހުން ހޮވުމުގައި މަތީގައި ބަޔާންކުރެވިފައިވާ ޝަރުޠުތަކުގެ އިތުރުން ކުރެވޭ އިންޓަވިއު ތަކަށާއި، އަދި ފުރަތަމަ އިންޓަވިއުއިން ފާސްވާ މީހުންނަށް ދެވޭ ފިޒިކަލް (ޕުޝްއަޕްސް، ސިޓްއަޕްސް، ޕުލްއަޕްސް، އަދި ދުވުން)، ސްވިމިންގ އަދި އެޕްޓިޓިއުޓް ޓެސްޓުން އެމީހަކު ހޯދާ ނަތީޖާއަށް ބެލެވޭނެއެވެ.

- މި އިޢުލާނުގެ ބޭނުމަށް އުމުރުފުރާ ބަލާ ތާރީޚަކީ 30 ސެޕްޓެންބަރު 2014 އެވެ.

- ސިފައިންގެ ވަޒީފާއަށް އެދޭ ފޯމާއި ކުށުގެ ރިކޯޑު ފޯމު ރަސްމީގަޑީގައި މި މިނިސްޓްރީގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި އެމް.އެން.ޑީ.އެފްގެ ވެބްސައިޓުން މި ފޯމުތައް ޑައުންލޯޑް ވެސް ކުރެވޭނެއެވެ.

- ވަޒީފާއަށް އެދޭ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު ހުށަހަޅުއްވާއިރު މި މިނިސްޓްރީގެ ކައުންޓަރުން އިންޓަވިއު އަށް ހާޒިރުވުމަށް އަންގާ ސްލިޕް ގެންދަވަން ވާނެއެވެ.

- އިތުރު މަޢުލޫމާތު: 3322607 އެކްސްޓެންޝަން: 3153، 3440 އިން އަދި އެމް.އެން.ޑީ.އެފްގެ ވެބްސައިޓް www.mndf.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.

30 ޝައްވާލު 1435

26 އޮގަސްޓް 2014
ހޯދާ