ދިވެހިރާއްޖެ
މަޤާމް :އެސިސްޓަންޓް އޮޑިޓް އޮފިސަރ | |
---|---|
ބޭނުންވާ އަދަދު :1 | |
އިޢުލާން ނަންބަރު: AS/IUL/2022/012
މަޤާމް: އެސިސްޓަންޓް އޮޑިޓް އޮފިސަރ
ބޭނުންވާ އަދަދު: 1
މަޤާމުގެ ޝަރުތު:
- ޖީ.ސީ.އީ އޭލެވެލް/އެޗް.އެސް.ސީ އިމްތިޙާނުގެ 2 މާއްދާއިން އެކައުންޓްސް ހިމެނޭގޮތަައް "ސީ" ފާސް ލިބިފައިވުން ނުވަތަ އޮޑިޓިންގ،ފައިނޭންސް އެންޑް އެކައުންޓްސް، ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލްކޮށްފައިވުން،
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
- ކުންފުނީގެ އިންޓަރނަލް އޮޑިޓް ކުރުމުގެ އެންމެހައި މަސައްކަތްތައް އިންޓަރނަލް އޮޑިޓާރގެ ލަފަޔާއި އިރުޝާދުގެ މަތިން ކުރުން.
- އިންޓަރނަލް އޮޑިޓްގެ އަހަރީ ޕްލޭންތައް ހެދުމުގައި އިންޓަރނަލް އޮޑިޓަރާއާއެކު މަސައްކަތްކުރުން،
- އިންޓަރނަލް އޮޑިޓް އަދި ކޮންސަލްޓެންސީ އެސައިންމަންޓް ޕްލޭންތައް، އިންޓަރނަލް އޮޑިޓަރުގެ އެހީތެރިކަމާއިއެކު ތައްޔާރު ކުރުން؛
- އޮޑިޓް ކުރުމަގައި ބޭނުންކުރާ އިޖްރާއަތްތައް ޑްރާފްޓްކުރުން.
- ފުރިހަމަކުރެވޭ އޮޑިޓްގެ އިޖްރާޢަތްތަކާގުޅޭ އޮޑިޓުގެ މަސައްކަތުކަރުދާސް ތައްޔާރުކޮށް، އެ ތަކެތި ބެލެހެއްޓުން؛އޮޑިޓްކުރުމަށް ކުރެވުނު މަސައްކަތުގެ މައްޗައް ބިނާކޮށް އޮޑިޓް ރިޕޯޓް ޑްރާފްޓްކުރުން.
- ޑިޕާރޓްމަންޓުގެ އެހެނިހެން އިދާރީ މަސައްކަތްތައް އިންޓާރނަލް އޮޑިޓަރގެ ލަފައާއި އިރުޝާދުގެ ދަށުން ކުރުން.
އެހެނިހެން ހުނަރު:
- މައިކްރޯސޮފްޓް އެޕްލިކޭޝަންސްތައް ބޭނުންކުރަން އެނގުން.
- އިނގިރޭސިބަހާއި، ދިވެހިބަހުން ފަރިތަކޮށް މުޢާމަލާތްކުރަން އެނގުން.
މުސާރައާއި އިނާޔަތް :
- އަސާސީ މުސާރަ: -/5000 ރުފިޔާ
- ލިވިންގ އެލަވަންސް: -/3000 ރުފިޔާ
- އެޓެންޑަންސް އެލަވަންސް: -/1750 ރުފިޔާ
ކުރިމަތިލުމުގެ ސުންގަޑި: 13 މާރިޗު 2022 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން
މި މަޤާމަށް ޝައުޤުވެރިވާ، ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، ތިރީގައިމިވާ ތަކެތި، އާސަންދަ ކުންފުނީގެ ހެޑް އޮފީސް، ފެން ބިލްޑިންގުގެ 3 ވަނަ ފަންގިފިލާ (އަމީނީމަގު) އަށް ހުށަހެޅުން އެދެމެވެ. އީމެއިލުންނަމަ، [email protected] އަށް ފޮނުވުން އެދެމެވެ.
ހުށަހަޅަންޖެހޭ ތަކެތި:
- ވަޒީފާއަށް އެދޭ ފޯމު.
- ޕާސްޕޯޓް ސައިޒުގެ 01 ފޮޓޯ.
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު
- ތަޢުލީމީ ސެޓްފިކްޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ. (ހުށަހަޅާ ސެޓްފިކެޓަކީ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ހަދާފައިވާ ކޯހެއްގެ ސެޓްފިކެޓެއްނަމަ، ހުށަހަޅަންވާނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިވާ ކޮޕީއެކެވެ.)
- މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުންތަކުގެ ކޮޕީ. (ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ ނުވަތަ މިހާރުވެސް ވަޒީފާއެއް އަދާކުރަމުންދާ ފަރާތެއްނަމަ އެ ވަޒީފާތަކުގައި ހޭދަވީ މުއްދަތާއި އެ ވަޒީފާތަކުގެ މަސްއޫލިއްޔަތުތައް އެނގޭނެފަދަ ލިޔުން)
ވަޒީފާއަށް އެދޭ ފޯމު ޑައުންލޯޑްކުރުމަށް:
https://aasandha.mv/dv/downloads/job-application-forms
ޚާއްޞަ ސަމާލުކަމަށް:
- އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.
- މި ވަޒީފާއަށް އެދިފައިވާ މީހުންގެ އަދަދު ގިނަނަމަ، އިންޓަވިއުކުރާނީ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
އިތުރު މަޢުލޫމާތު:
- އިތުރު މަޢުލޫމާތު ހޯދުމަށް، މި ކުންފުނީގެ 1400 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.