ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒު
ދިވެހިރާއްޖެ
ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒު ގައި 2022 ވަނަ އަހަރުގެ ފުރަތަމަ ސެމިސްޓަރގައި ޤިރާއަތު ލެވެލް 1 ފެށުމަށް

އިޢުލާން

ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒު ގައި 2022 ވަނަ އަހަރުގެ ފުރަތަމަ ސެމިސްޓަރގައި ތިރީގައި މިދަންނަވާ ކޯސް ފެށުމަށް ވަނީ ހަމަޖެހިފައެވެ.

 ޤިރާއަތު ސެޓްފިކެޓް 1

 

ޝަރުޠު:       

  1. ފަށާތަޢުލީމު ނިންމާފައިވުން ( ގްރޭޑް 7 ނިންމާފައިވުން )
  2. ޢުމުރުން 16 އަހަރު ފުރިފައިވުން.
  3. މަރުކަޒުން ދޭ ބަސްދީގަތުމުން ފާސްވުން.

 

މުއްދަތު:  8 ހަފްތާ

ޖާގަ:  90 ޖާގަ

 ވީމާ، މިކޯސްތަކުގައި ބައިވެރިވުމަށް އެދޭ ފޯމު މި މަރުކަޒުގެ ވެބްސައިޓުން (www.nchq.gov.mv) https://chq.gov.mv/wp-content/uploads/2019/03/Application-form-NCHQ.pdf 2022 މާރިޗް 6 ވާ އާދީއްތަ ދުވަހުން ފެށިގެން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. ކޯހުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 2022 މާރިޗް 20 ވާ އާދީއްތަ ދުވަހުގެ 13:30 ގެ ކުރިން އެޕްލިކޭޝަން ފޯމު ފުރުމަށްފަހު ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ (އެޓެސްޓް ކޮށްފައިވާ) އާއި އައިޑީ ކާޑުގެ ކޮޕީ އާއެކު [email protected]  އަށް މެއިލް ކުރެއްވުން އެދެމެވެ. މެއިލް ކުރައްވާއިރު މެއިލްގެ ސަބްޖެކްޓްގެ ގޮތުގައި "Qirat Certificate 1, 2022  ޖެއްސެވުން އެދެމެވެ.

މި ކޯސްތަކަށް ދަރިވަރުން ހޮވުމަށް ބާއްވާ ބަސްދީގަތުން އޮންނާނީ 2022 މާރިޗު 22 ން 2022 މާރިޗު 26 އާއި ދެމެދުއެވެ.

06 މާރިޗު 2022
ހޯދާ