ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިމާމުވެ ޙިފްޡުކޮށް ތަރާވީޙް ނަމާދު ކުރުމާއި ބެހޭ

 

1443 ވަނަ އަހަރުގެ ރަމަޟާންމަހު ހއ.އިހަވަންދޫ 4 މިސްކިތުގައި އިމާމުވެ ޙިފްޡުކޮށް ތަރާވީޙް ނަމާދާއި ދަމުނަމާދު ކުރާނެ ދިވެހި 04 ޙާފިޡުން ހޯދަން ބޭނުންވެއެވެ. އަދި ޙިފްޡުކޮށް ތަރާވީޙް ނަމާދު ކުރަން ވަޑައިގަންނަވާ ބޭފުޅުންނަށް މިއިދާރާގެ ފަރާތުން ހަމަޖައްސަވާނެ ކަންތައްތަކާއި ޚަރަދުތަކުގެ ތަފްސީލް ތިރީގައި އެވަނީއެވެ.

  • ޙާފިޡުންގެ ދަތުރު ޚަރަދާއި ފަރިއްކޮޅާއި ހުރުމުގެ ޚަރަދު
  • ތަރާވީޚް ނަމާދުކުރާ ކޮންމެ ރެއަކަށް 500 ( ފައްސަތޭކަ ރުފިޔާ )

ވީމާ މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ޙާފިޡުކަމުގެ ސަނަދާއި، ލިބިފައިވާ ތަޖުރިބާ ލިޔުންތަކާއި ވަނަވަރު އަދި މުއްދަތު ހަމަނުވާ އައިޑީ ކާޑުގެ ކޮޕީ އިހަވަންދޫ ކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ. މެއިލް ކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން [email protected]  އަށް މެއިލްކޮށް ދެއްވުން އެދެމެވެ. މިކަމަށް 03 ފަރާތަށް ވުރެ ގިނަފަރާތުން އެދޭނަމަ، އިމާމުވެ ޙިފްޡުކޮށް ތަރާވީޙް ނަމާދު ކުރާނެ ފަރާތެއް ހޮވާނީ ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި، ތަޖްރިބާ ލިޔުންތަކަށް ބަލައި އެންމެ މަތިން މާކްސް  ލިބޭ 03 ފަރާތެކެވެ. މިކަމަށް އެދި ފޯމް ހުށަހެޅުމުގެ އެންމެ ފަހު ތާރީޙަކީ 13 މާރިޗް 2022 ވާ އާދީއްތަ ދުވަހުގެ 10:00 އެވެ. މިކަމުގައި އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާނަމަ މިއިދާރާގެ ކައުންސިލް އެގްޒެކްޓިވް އަލްފާޟިލް އިބްރާހީމް ނަޝީދު މޫސާ ( ފޯން ނަންބަރު: 7779670 ) އަށް ގުޅުވުން އެދެމެވެ.

 

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

 

 

06 މާރިޗު 2022
ހޯދާ