| ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ. | 
| މަޤާމު | އެޑްމިނިސްޓްރޭޓިވް އޮފިސަރ | 
| މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން | ޖީ. އެސް 4 / އޮފިސަރ ގްރޭޑް 2 | 
| ބޭނުންވާ އަދަދު | 01 | 
| މަޤާމު ނަންބަރު | 250097 | 
| ވަޒިފާ އަދާ ކުރަންޖެހޭ ރަށް / އޮފީހާއި، ސެކްޝަން | ހައުސިންގ ނީޑް އެސެސްމަންޓް ޔުނިޓް / މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، ކ. މާލެ | 
| މުސާރައާއި އިނާޔަތްތައް | މުސާރަ: -/5020ރ ސަރވިސް އެލަވަންސް: -/1500ރ އެހެން ވަޒީފާއެއް އަދާކުރުން މަނާކުރާތީ ދޭ އެލަވަންސް: މުސާރައިގެ %35 (އިތުރުގަޑީގައި ކުރާ މަސައްކަތްތަކަށް ހަމަޖެހިފައިވާ އުޞޫލުން ފައިސާ ދެވޭނެ.) | 
| ޝަރުޠު | 
އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން ނުވަތަމަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑު ލިބިފައިވުމާއެކު، އޭގެ އިތުރުން ހަޔަރ ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑު ލިބިފައި އޭގެ އިތުރުން ސެކަންޑްރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއެކު، އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. | 
| މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް | 
ހައުސިންގ ނީޑްތަކާ ގުޅިގެން، ލިޔަންޖެހޭ ކަރުދާސްތަކާއި ސިޓީލިޔެ ޓައިޕްކުރުމާއި، ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.ހައުސިންގ ނީޑްތަކާ ގުޅިގެން ލިބޭ ސިޓީތަކަށް ޖަވާބުދެވެމުންދާކަން ބެލެހެއްޓުމާއި، ޖަވާބުލިޔެ ފޮނުވުން.ހައުސިންގ ނީޑްތަކާ ގުޅުންހުރި ލިޔެކިޔުން ގަވާއިދުން ފައިލްކޮށް ފައިލްތައް ބެލެހެއްޓުން.ހައުސިންގ ނީޑްތަކާ ގުޅިގެން ބާއްވާ ބައްދަލުވުންތައް އިންތިޒާމުކޮށް ބޭއްވުމާއި، ޔައުމިއްޔާ ލިޔެ ބެލެހެއްޓުން.ހައުސިންގ ނީޑްތަކާ ގުޅިގެން ކުރަންޖެހޭ ދަތުރުތައް ރޭވުން.ޔުނިޓުގެ ވެރިޔާގެ ލަފާގެ މަތިން، އަންނަ ޔުނިޓުން ކުރަން ބޭނުންވާ ކަންކަމަށް ބޭނުންވާ ބަޖެޓް ސެކްޝަނުގެ އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި ހިމެނުން. | 
| އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި މިނިސްޓްރީގެ ނަންބަރު 3004340، 3004341 އަށް ގުޅުއްވުން އެދެމެވެ. | 
| ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:  
ތަޢުލީމާއި ތަމްރީނު.މަސައްކަތުގެ ތަޖުރިބާ.އިންޓަވިއު.ކޮމްޕިޔުޓަރަށް އަހުލުވެރިވެފައިވާ މިންވަރު.ގިނަވަގުތު އޮފީހުގައި މަސައްކަތް ކުރެވޭނެ މީހެއްކަމުގައިވުން. | 
| ތަކެތި ހުށަހަޅަންޖެހޭ ތާރީޚު 
މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އަށް (އަމީނީމަގު، މާފަންނު / މާލެ) ނުވަތަ  ނުވަތަ މިނިސްޓްރީގެ އެޗްއާރް ސެކްޝަންގެ އީމެއިލް: [email protected] އަށް ފޮނުއްވުން އެދެމެވެ. ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 11 ސެޕްޓެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން. | 
| އިންޓަވިއު ކުރުން 
މި މަޤާމަށް މީހަކު ހޮވުމަށް އިންޓަވިއު އޮންނާނީ ސެޕްޓެންބަރު މަހުތެރޭގައި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ގައެވެ.އިންޓަވިއު އަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓު ކުރުމަށްފަހު އެ ފަރާތްތަކަށް އެކަންޏެވެ. | 
| ހުށަހަޅަންޖެހޭ ތަކެތި:  
ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު ( ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑް ވެސް ކުރެވޭނެއެވެ. )ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓް ކޮށްފައިވާ ސެޓުފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީ.ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗް ކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރު ކޮށްފައިވާ ސީވީ).  މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމާއި ތަމްރީނަށް ބަލައި 10 ފަރާތެއް ޝޯޓްލިސްޓު ކުރެވޭނެއެވެ. | 
| 30 ޝައްވާލު 1435 |