ދިވެހިރާއްޖެ
ތ. އަތޮޅު ތަޢުލީމީމަރުކަޒު
ތިމަރަފުށި، ދިވެހިރާއްޖެ
ތާރީޚް: 06 މާރިޗު 2022 ނަންބަރު: GS04/IU/2022/04
އިޢުލާން
ތ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމާއި ބެހޭ
ހިނގަމުން މިދާ (2022) ވަނަ އަހަރު މިމަރުކަޒުގެ ސެކިއުރިޓީ ބަލަހައްޓާދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ދުވަސްތަކުގައި މިސްކޫލަށް ވަޑައިގެން ނަންނޯޓް ކުރެއްވުމަށްފަހު ، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅަން މިމަރުކަޒުގައި ނަންނޯޓް ނުކުރާ ފަރާތްތަކަށް، އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ދެންނެވީމެވެ. ބިޑާބެހޭ މަޢުލޫމާތު ބިޑް ޑޮކިއުމަންޓްގައި ހިމެނިފައިވާނެއެވެ.
އައިޓަމް / ތަފްސީލު |
ތާރީޚް |
ގަޑި |
ތަން |
ރަޖިސްޓްރީ ކުރުން |
16 މާރިޗު 2022 (ބުދަ) |
12:00 ގެ ކުރިން |
ތ.އ.ތ މަރުކަޒުގެ އިދާރީ އޮފީސް |
އަންދާސީ ހިސާބު ހުށައެޅުއްވުން |
17 މާރިޗު 2022 (ބުރާސްފަތި) |
11:00 |
ތ.އ.ތ މަރުކަޒުގެ އިދާރީ އޮފީސް |