ދިވެހިރާއްޖެ
ޕްރޮޖެކްޓް ނަންބަރު: TEB/2014/110
ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު
1. މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ އެދިލެއްވުމުގެ މަތިން، 2015 ވަނަ އަހަރު ގްރޭޑް 4-10 އަށް ކިޔަވާކުދިންނަށް ސަރުކާރުން ދިނުމަށް ހަމަޖެހިފައިވާ ޓެކްސްޓް ފޮތްތައް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް މިމިނިސްޓްރީއިން ކުރެވުނު އިޢުލާން IUL)13-K/13/2014/218) އަދި ބިޑްތައް ބާޠިލުކޮށްފީމެވެ. އަދި 2015 ވަނަ އަހަރު ގްރޭޑް 4-10 އަށް ކިޔަވާ ކިޔަވާކުދިންނަށް ސަރުކާރުން ދިނުމަށް ހަމަޖެހިފައިވާ ޓެކްސްޓް ފޮތްތައް ޗާޕުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
2. ޕްރޮޖެކްޓުގެ ބިޑްސެކިޔުރިޓީގެ ގޮތުގައި -/25,000ރ (ފަންސަވީސްހާސް ރުފިޔާ) ހުށަހަޅަން ޖެހޭނެއެވެ. ބިޑްސެކިޔުރިޓީގެ މުއްދަތަކީ ބިޑްހުޅުވާ ތާރީޚުން ފެށިގެން 118 ދުވަހެވެ. ޕާރފޯމަންސް ސެކިޔުރިޓީގެ ގޮތުގައި ހުށަހަޅަންޖެހޭނީ ކޮންޓްރެކްޓް އަގުގެ %5 އެވެ. އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ކޮންޓްރެކްޓް އަގުގެ އެޑްވާންސް ޕޭމަންޓް ގެރެންޓީއެއް ހުށަހެޅުމުން ލިބޭނެއެވެ.
3. ބީލަންފޮތްތަކަށް ފައިސާ ބަލައިގަތުން އޮންނާނީ 1 ސެޕްޓެންބަރު 2014 އިން 7 ސެޕްޓެންބަރު 2014 އަށް، ބަންދުނޫން ކޮންމެ ދުވަހަކު 08:30 އިން 14:30 އަށް މި މިނިސްޓްރީންނެވެ. ބީލަން ފޮތެއްގެ އަގަކީ -/500 (ފައްސަތޭކަ) ރުފިޔާއެވެ. ފައިސާ ދެއްކެވުމުން ބީލަން ފޮތްތައް ސޮފްޓްކޮޕީ ފޯމެޓްގައި މިމިނިސްޓްރީގެ ޓެންޑަރ އިވެލުއޭޝަން ސެކްޝަނުން ލިބިވަޑައިގަންނަވާނެއެވެ.
4. މި ޕްރޮޖެކްޓްގެ ޕްރީބިޑް ބައްދަލުވުން އޮންނާނީ 8 ސެޕްޓެންބަރު 2014 ވާ ހޯމަ ދުވަހުގެ 14:00ގައި، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ، ޓެންޑަރ އިވެލުއޭޝަން ސެކްޝަނުގެ ޖަލްސާކުރާ މާލަމުގައެވެ. ބިޑް ހުޅުވުން އޮންނާނީ 15 ސެޕްޓެންބަރު 2014 ވާ ހޯމަ ދުވަހުގެ 11:00 ގައި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ، ޓެންޑަރ އިވެލުއޭޝަން ސެކްޝަންގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ކޮންޓްރެކްޓަރުންގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.