ދިވެހިރާއްޖެ
ނަންބަރ: ASND/PRC/IUL/2022/0021
މި ކުންފުނީގެ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމެއް ގާއިމުކޮށްދޭނެ ފަރާތެއް ހޯދުމަށް 23 ފެބްރުއަރީ 2022 ގައި ކުރި ނަންބަރ IUL-PROC-AS-2022-018 އަށް އެކަށީގެންވާ އަދަދަކަށް ފަރާތްތަކުން ޝައުޤުވެރިކަން ފާޅުކޮށްފައި ނުވާތީވެ، އެ އިޢުލާން ބާތިލްކޮށް އަލުން އިޢުލާންކުރަމެވެ.
ވީމާ، މި މަސައްކަތަށް ޝައުގުވެރިވާ ކުންފުނި/ޕާޓްނަރޝިޕް/ކޯޕަރޭޓިވް ސޮސައިޓީ/އަމިއްލަ ފަރުދުންގެ ވިޔަފާރިތަކުންނާއި އަމިއްލަ ފަރުދެއްގެ ހައިސިއްޔަތުން ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން 07 މާރޗް 2022 ވާ އަންގާރަ ދުވަހުގެ 16:00 ގެ ކުރިން ރެޖިސްޓްރީ ކުރެއްވުން އެދެމެވެ. ރެޖިސްޓްރީ ކުރެއްވުމަށް އެފަރާތެއްގެ ނަމާއި، ގުޅޭނެ ފަރާތެއްގެ ފުރިހަމަ ނަމާއި ފޯނު ނަމްބަރު، އައިޑީ ކާޑު ނަމްބަރު އަދި އީމެއިލް އެޑްރެސް ޖެއްސެވުމަށްފަހު [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. ރެޖިސްޓްރީ ކުރުމަށް ފޮނުވާ އީމެއިލްގައި މި އިޢުލާން ނަމްބަރު ޖެހުން އެދެމެވެ. މި މަސައްކަތަށް ރެޖިސްޓަރ ކުރާ ފަރާތްތަކަށް މި މަސައްކަތާ ގުޅޭ މައުލޫމާތު ކަރުދާސް އީމެއިލް މެދުވެރިކޮށް ފޮނުވޭނެއެވެ.
10 މާރޗް 2022 ވާ ބުރާސްފަތި ދުވަހުގެ 14:30 ގައި ވެބް މީޓިންގ އެއް މެދުވެރިކޮށް އަންދާސީ ހިސާބު ހުށަހެޅުން އޮށްނާނެއެވެ. ވެބް މީޓިންގގެ ލިންކް، ރެޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އީމެއިލް މެދުވެރިކޮށް ފޮނުވޭނެއެވެ. އަންދާސީ ހިސާބު ފޮނުވާނީ މެއިލްގެ ޒަރިއްޔާއިން މި ދެންނެވި މީޓިންގގައެވެ.
ކަނޑައެޅިފައިވާ ސުންގަޑި އަށް ރެޖިސްޓްރީ ކޮށްފައިނުވާ ފަރާތްތަކާއި ވެބް މީޓިންގައި ބައިވެރިނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައެއް ނުގަނެވޭނެވެ.
03 މާރޗް 2022
ޕްރޮކިޔުމެންޓް ސެކްޝަން
ފެން ބިލްޑިންގ، 3ވަނަ ފަންގިފިލާ
އަމީނީ މަގު، މައްޗަންގޯޅި، 20375
މާލެ، ދިވެހިރާއްޖެ
އީމެއިލް: [email protected] ވެބްސައިޓް: www.aasandha.mv ފޯން: 3011483