ދިވެހިރާއްޖެ
އިޢުލާން
ކޮންޓްރެކެޓް އުސޫލުން އައުޓްރީޗް ދަތުރުކޮށްދޭނެ ފަރާތެއް ހޯދުން
މިހޮސްޕިޓަލްގެ ޢިއުލާން ނަންބަރ (IUL)FAH-A-5/FAH/2022/1 ( 13 ޖަނަވަރީ 2022) ކުރި އިޢުލާނަށް އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅާފައިނުވާތީ، އެޢިއުލާން ބާތިލުކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ. މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައި ވަނީ ހަމައެކަނި ކުދި އަދި މެދު ފަންތީގެ ވިޔަފާރި (އެސް.އެމް.އީ) ތަކަށެވެ.
ވީމާ، މިދަތުރުތައް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2022 މާރިޗު 14ވަނަ ދުވަހު 11:00 އަށް މިހޮސްޕިޓަލަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުންވުން އެދެމެވެ. މިމަސައްކަތުގެ މަޢުލޫމާތު ކަރުދާސް އަދި އަންދާސީ ހިސާބު ހުށަހަޅާ ފޯމް މި އިއުލާނާއި އެކު ގެޒެޓް ކުރެވިފައިވާނެއެވެ.
މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް އެއްކަރުދާސް ކުރެވިފައިވާނެއެވެ.
މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 9776222 ނަންބަރުފޯނަށެވެ.
03 މާރިޗު 2022