ދިވެހިރާއްޖެ
ރަތަފަންދޫގައި ނަމާދުކުރާ 2 މިސްކިތުގައި ކުރަންހުރި ބައެއްމަސައްކަތް ކުރުމަށްޓަކައި އެމަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މިއިދާރާގެ ނަންބަރު: 420/2014/21 (12 ޖޫން 2014) އިޢުލާނަށް އިޖާބަދީ ހުށަހަޅާފައިވާ އަންދާސީހިސާބުތައް ކަމުނުގޮސްގެން ދެވަނަ ފަހަރަށް ކުރެވުނު މިއިދާރާގެ ނަންބަރު: 420/2014/27 ( 1 އޮގަސްޓު 2014) އިޢުލާނަށް އެއްވެސް ފަރާތަކުން އިޖާބަދީފައިނުވާތީ، އެމަސައްކަތްކުރުމަށްޓަކައި އަލުން ފުރުޞަތު ހުޅުވާލަމެވެ. ވީމާ، އަމިއްލަ ތަކެތީގައި މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލއްވާ ފަރާތްތަކުން 2014 ސެޕްޓެންބަރު 14 ވާ އާދީއްތަ ދުވަހުގެ 10:00 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 18 ސެޕްޓެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތެއް ނޯންނާނެއެވެ.
ކުރަންޖެހޭ މަސައްކަތުގެ ތަފުސީލު
-
ރަތަފަންދޫ ހުކުރުމިސްކިތް (މަސްޖިދުލް އިޢުތިޒާޒު) އާއި، ރަތަފަންދޫ ނޫރުމިސްކިތުގައި ކުލަޔާއި ދަވާދުލުން.
-
ނޫރުމިސްކިތުގެ ފާޚާނާގެ ތަޅުންގަނޑު ނަގައި އަލުން ތަޅުން އެޅުން
-
ނޫރުމިސްކިތާއި މަސްޖިދުލް އިޢުތިޒާޒުގެ ވަޅުކައިރީގައި މިހާރު އަޅާފައިވާ ތަޅުން ނަގައި އަލުން ތަޅުން އެޅުން
-
މިސްކިތްތަކުގައި ބަދަލުކުރަންވެފައިހުރި ފަންކާތައް ބަދަލުކުރުން
-
އިސްކުރުބަރީގައި ހުރި ހަލާކުވެފައިވާ އިސްކުރުތައް ބަދަލުކުރުން
30 ޝައްވާލު 1435