މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދަރަވަންދޫގައި ޤާއިމުކުރެވޭ ނަރުދަމާ ނިޒާމާއި ގުޅޭ

ދަރަވަންދޫގައި ޤާއިމުކުރެވޭ ނަރުދަމާ ނިޒާމުގެ ގޭގެއަށް ކަނެކްޝަން ގުޅާ ދިނުމަށް ފޯމު ހުށަހެޅުމުގެ މުއްދަތު އިތުރުކުރެވިފައިވާ ކަމުގައި ދެންނެވީމެވެ.  މިހާތަނަށް ކަނެކްޝަން ގުޅާ ދިނުމަށް އެދި ފޯމު ހުށަހަޅުއްވާފައި ނުވާ ފަރާތްތަކުން 2022 މާރިޗު 17 ވާ ބުރާސްފަތި ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ފޯމު ހުށަހެޅުއްވުން އެދެމެވެ. ކަނެކްޝަނަށް އެދޭ ފޯމު 2022 މާރިޗު 06 ވަނަ ދުވަހުން ފެށިގެން މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެ އެވެ.

ކަނެކްޝަންގުޅާދިނުމުގެ ލިސްޓް ފައިނަލްކުރުމުގައި ޢަމަލުކުރެވޭނީ ގަވާއިދު ނަމްބަރު: 2020/R-10 ”މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ މަޝްރޫޢުތަކުގެ ތެރެއިން ފެނުގެ ޚިދުމަތް ދިނުމުގެ މަޝްރޫޢުތަކުގެ ދަށުން ނުވަތަ ނަރުދަމާގެ ޚިދުމަތްދިނުމުގެ ދަށުން ފެނުގެ ނުވަތަ ނަރުދަމާގެ ޚިދުމަތްތައް ގުޅައިދިނުމުގައި ޢަމަލުކުރޭނެ ގޮތުގެ ގަވާއިދު“ ގެ 13 ވަނަ މާއްދާއާއި އެއްގޮތަށެވެ.

03 މާރިޗު 2022
ހޯދާ