ރީޖަނަލް އެއަރޕޯޓްސް
ދިވެހިރާއްޖެ
ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ބޭނުންކުރާ ޢާންމު ފާޚާނާތަކުގައި މުށިޖެހުން

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ބޭނުންކުރާ ޢާންމު ފާޚާނާތަކުގެ ތަޅުމުގައި ޖަހާފައިވާ މުށިތައް ތަޅައި ނެގުމަށްފަހު އަލުން މުށިޖަހައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް އޮފީހުން ދޭ މަޢުލޫމާތާ އެއްގޮތަށް ތަކެތި ދިނުމުން މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 02 ސެޕްޓެންބަރު 2014 ވާ އަންގާރަ ދުވަހުގެ 13:00 އަށް ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 09 ސެޕްޓެންބަރު 2014 ވާ އަންގާރަ ދުވަހުގެ 13:00 އަށް ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް އޮފީހަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައެއްނުގަނެވޭނެއެވެ.

30 ޝައްވާލު 1435

26 އޮގަސްޓް 2014
ހޯދާ