އަރިއަތޮޅު އުތުރުބުރީ ފެރިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އއ.އަތޮޅު މަދަރުސާގައި ދެ ކުލާސްރޫމް އިމާރާތްކުރުން

                މިކައުންސިލުގެ އިދާރާގެ ނަންބަރު A/IUL/344/2014/61 އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރަން އެކަށީގެންވާ ވަރަށް މީހުން ހާޒިރު ނުވާތީ، އެއިޢުލާން ބާޠިލުކޮށްފީމެވެ.

                ވީމާ، އއ.އަތޮޅު މަދަރުސާގައި ދެ ކުލާސްރޫމް އަޅާ ބިމުގައި ހުރި ދެ ބަނބުކެޔޮ ގަހާއި ތިން ރުއް ކަނޑައި ބިން ސާފުކޮށް، އެބިމުގައި ދެ ކުލާސްރޫމް އަމިއްލަ ތަކެތީގައި އިމާރާތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

                މިކަމަށް އެދޭ ފަރާތްތަކުން 04 ސެޕްޓެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މި ކައުންސިލުގެ އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 15 ސެޕްޓެންބަރު 2014 ވާ ހޯމަ ދުވަހުގެ 14:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

ބިޑް ހުށަހަޅާ ފަރާތްތަކަށް މާކުސްދެވޭނީ

އަގަށް %70

މުއްދަތު % 10

މަސައްކަތުގެ ތަޖުރިބާ % 10

މާލީ ޤާބިލުކަން % 10

              މަޢުލޫމާތު ސާފުކުރުމާއި އަންދާސީހިސާބު ހުށަހެޅުމަށް ކަނޑައެޅިފައިވާ ގަޑީގެ ފަހުން ކުރާ އެއްވެސް މުޢާމަލާތެއް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. މަޢުލޫމާތު ދޭ ގަޑީގައި މަޢުލޫމާތު ނެގޭނީ ހާޒިރުވާ ކޮންމެ ބޭފުޅަކަށްވެސް އެއް ފަރާތެއްގެ ނަމުގައެވެ.

              އަންދާސީހިސާބުތައް ކަނޑާނީ އަންދާސީހިސާބު ހުށައެޅުއްވި ބޭފުޅުންގެ ތެރެއިން ހާޒިރުވެލެއްވި ހުރިހާ ބޭފުޅުންގެ ހާޒިރުގައި ކަނޑައެޅިފައިވާ ގަޑީގައެވެ.

               ވީމާ، މިކަން ޢާންމުކޮށް އަންގާ ޢިއުލާން ކުރީމެވެ.

                       02 ޛުލްޤައިދާ 1435

28 އޮގަސްޓް 2014
ހޯދާ