ދިވެހިރާއްޖެ
އަންދާސީހިސާބު ހުށަހެޅުއްވުމުގެ ދަޢުވަތު
މިކުންފުނީގެ ކ.ގާފަރު އިންޖީނުރޫމުގެ ކާނުތަކުގައި އެޅުމަށް ބޭނުންވާ ދަގަނޑު ޝީޓްތައް ސަޕްލައި ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު H-2014/161 އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އަގު ހުށަހަޅާފައިނުވާތީ، އެއިޢުލާން ބާޠިލުކޮށް، އަލުން މި މިމަސައްކަތަށް އަގު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވާ ވާހަކަ ދަންނަވަމެވެ.
މިމަސައްކަތް ކޮށްދެއްވަން އެދިވަޑައިގަންނަވާ ފަރާތްތަކުން 2014 ސެޕްޓެންބަރު 03 ވާ (ބުދަ) ދުވަހުގެ 10:30 އަށް މިކުންފުންޏަށް ވަޑައިގެން މަޢުލޫމާތު އޮޅުންފިލުއްވުން އެދެމެވެ.
މިޕްރޮޖެކްޓަށް ހުށަހެޅޭ، ޓެކްނިކަލް ގޮތުން ގަބޫލުކުރެވޭ ޕްރޮޕޯޒަލްތައް އިވެލުއޭޓް ކުރެވޭގޮތުގެ ތަފުސީލު:
އަގަށް:80 ޕޮއިންޓް
ހުށަހެޅޭ އެންމެ ހެޔޮ އަގު / ހުށަހެޅި އަގު × 90
މުއްދަތު: 05 ޕޮއިންޓް
ހުށަހެޅޭ އެންމެ ކުރު މުއްދަތު / ހުށަހެޅި މުއްދަތު × 05
ތަޖުރިބާ: 15 ޕޮއިންޓް
މިފަދަ މަސައްކަތެއް ކޮށްފައިވާނަމަ މަސައްކަތް ކުރިކަމުގެ ލިޔުންތަކަށް ބަލާފައެވެ.
-
ހުށަހަޅާފައިވާ އަންދާސީހިސާބު ބާޠިލުވާ މުއްދަތު މަދުވެގެން 45 ދުވަހަށް ވާންވާނެއެވެ.
-
މިމަސައްކަތަށް ފައިސާ ދޫކުރުން: ބިލް ހުށަހަޅާތާ 30 ދުވަހުގެ ތެރޭގައި.
އަންދާސީހިސާބު ހުށަހަޅުއްވަންވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.
ހެޑް އޮފް ޕްރޮކިއުމަންޓް
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
އިޢުލާން ނަންބަރު:H-2014/161A
ބިޑް ހުޅުވުން: ބިޑް ހުޅުވުމަށް ހަމަޖެހިފައިވަނީ 2014 ސެޕްޓެންބަރު 11 ވާ (ބުރާސްފަތި) ދުވަހުގެ 11:30 ގައި ސްޓެލްކޯ ހެޑްއޮފީހުގެ ދެވަނަ ފަންގިފިލާގެ ބައްދަލުކުރާ ކޮޓަރީގައި މި މަސައްކަތަށް އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.
ވީމާ، މި މަސައްކަތް ކޮށްދެއްވަން އެދިވަޑައިގަންނަވާ ފަރާތްތަކުން 2014 ސެޕްޓެންބަރު 11 ވާ (ބުރާސްފަތި) ދުވަހުގެ 11:30 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
02 ޛުލްޤަޢިދާ 1435
ނޯޓް:
-
ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ 8.01 ގެ (ކ) ގައި ބަޔާންކޮށްފައިވާ ޙާލަތެއް ދިމާވާނަމަ، އެމާއްދާގައި ބުނާފަދަ ލިޔުމެއް ބީލަމާއެކު ހުށަހަޅުއްވަންވާނެއެވެ.
-
މަޢުލޫމާތު ފުރިހަމަނޫން ބިޑްތައް ބާޠިލުކުރުމުގެ ފުރިހަމަ އިޚުތިޔާރު ސްޓެލްކޯއަށް ލިބިގެންވެއެވެ. އަދި ބިޑް ކޮންމެ ވަގުތެއްގައިވެސް ބާޠިލުކުރުމުގެ އިޚުތިޔާރު ސްޓެލްކޯއަށް ލިބިގެންވެއެވެ.
-
މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3338124 / 3338122 ނަންބަރު ފޯނާއެވެ. އަދި އީމެއިލް ކުރައްވާނީ [email protected] މި އެޑްރެހަށެވެ.