ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވޭޖް އެމްޕްލޯއިމަންޓްގެ ދަށުން ދިޔަމިގިލީ މިސްކިތްތަކުގައި މަސައްކަތްކުރާނެ އިމާމް / މުދިމުން ހޯދުން

ވޭޖް އެމްޕްލޯއިމަންޓްގެ ދަށުން ދިޔަމިގިލީ މިސްކިތްތަކުގައި  މަސައްކަތްކުރާނެ އިމާމް / މުދިމުން ހޯދުމަށް ބޭނުންވެއެވެ.

މަޤާމް:

އިމާމް / މުދިމް

ބޭނުންވާ ޢަދަދު:

1( އެކެއް )

މަޤާމުގެ ގިންތި:

ވަގުތީ  (ވޭޖް އެމްޕްލޯއިމަންޓް)

މަޤާމުގެ މުއްދަތު/ މަސައްކަތްކުރަންޖެހޭ ވަގުތު

1 އަހަރު / ދުވާލަކު 5 ގަޑި އިރު

ސެކްޝަން

އިކޮނޮމިކް ސޯޝަލް އެންޑް މުނިސިޕަލް ސަރވިސް / މޮސްކު މެނޭޖްމަންޓް ސެކްޝަން

މަޤާމު އޮތް އޮފީސް:

ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލްގެ އިދާރާ

ވަޒީފާ އަދާކުރަންޖެހޭ ތަން:

ތ.ދިޔަމިގިލީ ހުކުރު މިސްކިތްތައް (މަސްޖިދުލް އަމާނާތު)

އުޖޫރަ

މުދިމް -/53ރުފިޔާ (ފަންސާސް ތިންރުފިޔާ) ކޮންމެ ނަމާދު ވަގުތަކަށް

އިމާމް:-/61 ރުފިޔާ ( ފަސްދޮޅަސް އެއް ރުފިޔާ) ކޮންމެ ނަމާދުވަގުތަކަށް

މަޤާމުގެ މަސްއޫލިއްޔަތު:

1 . ކޮންމެ ނަމާދު ވަގުތެއްގައި މިސްކިތު ވަގުތު ބަންގި ގޮވުމާއި އިމާމުވެ ނަމާދުކުރުމާއި، (ޙާފިޡަކު ނުގެންނަނަމަ ރަމަޟާންމަހު ތަރާވީޙް ނަމާދު އިމާމުވެ ކުރުން)

2 . މިސްކިތުގައި ބޭއްވޭ ދީނީ ދަރުސް ދިނުމުގެ ކަންތައްތައް އިންތިޒާމްކޮށް ބެލެހެއްޓުމާއި، މިސްކިތު ސައުންޑް ސިސްޓަމް ރަގަޅަށް ބެލެހެއްޓުމާއި، ސައުންޑް ސިސްޓަމަށް ގެއްލުމެއް ލިބިއްޖެނަމައެކަން ކައުންސިލްގެ އިދާރާއަށް ހުށަހަޅުއްވައިގެން އެކަމެއް ރަގަޅުކުރުމަށް މަސައްކަތްކުރުން

3 . ކޭތަނަމާދާއި ޢީދު ނަމާދު އަދި ހުކުރުނަމާދު އިމާމުވެ ކުރުމަށް ދިމާވާ ޙާލަތްތަކުގައި އެފަދަ ނަމާދުތައް އިމާމުވެކުރުން

4 . މަސައްކަތު މީހުން މަސައްކަތްކުރާ ނުކުރާ ގޮތްބެލުމާއި މިސްކިތައް ލިބެމުންދާ ގެއްލުންތައް ބަލައި އެފަދަ ގެއްލުންތައް ރަގަޅުކުރުމަށް މަސައްކަތްކުރުމާއި،މިސްކިތާބެހޭގޮތުން ރައްޔިތުންކުރާ ޝަކުވާތައް އަޑުއަހައި އެފަދަ ޝަކުވާތަކާ ގުޅިގެން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން

5 . މިސްކިތު މަސައްކަތު މީހާ ޙާޟިރުނުވާ ވަގުތު ތަކުގައި  އެމީހާގެ މަސައްކަތަށް ޒިންމާވުމާއި ކައުންސިލްގެ އިދާރާއަށް ނުކުމެ ސޮއިކުރިފަހުން މަސައްކަތަށް ޙާޟިރުނުވެވޭފަދަ ޢުޒުރެއް ދިމާވެއްޖެނަމަ ބަންގިގޮވުމާއި ނަމާދުކުރެވޭނެ މީހަކު ހަމަޖެއްސުން

މަޤާމުގެ ޝަރުޠުތައް:

މުދިމްކަމުގެ ފެންވަރު ނުވަތަ ޝަރުތު:

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ގާބިލްކަން ސާބިތުކޮށްދިނުމާއެކު، 

1. އިމާމުވެ ނަމާދުކުރަން އެނގޭ މީހަކަށްވުން. އަދި އިމާމުވެ ނަމާދު ކުރެވޭވަރަށް ތަޖްވީދުމަގުން ކީރިތި ޤުރުއާން ކިޔަވަން އެގުން ނުވަތަ

2. ހުކުރުކުރުމުގެ ހުއްދަ ލިބިފައިވުން

އިމާމުކަމުގެ ފެންވަރު ނުވަތަ ޝަރުތު:

މަޤާމުގެ މަސައްކަތު ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު،

1. މުދިމުކަމުގެ ސަނަދު ލިބިފައިވުން

2. ހުކުރު ކުރުމުގެ ސަނަދު ލިބިފައިވުން ނުވަތަ

3. ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކަގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ޙާސިލްކޮށްފައިވުން.

4. ޝަހާދާ ޘާނަވިއްޔާ އަދި ޤިރާއަތު ސެޓްފިކެޓް ލިބިފައިވުން

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކައްތައްތައް:

1. ލިބިފައިވާ ތަޢުލީމާއި ތަމްރީނު.

2. ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ.

3. މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލްކަމާއި ސިފަތައް.

4. އިންޓަވިއު/ޕްރެޒެންޓޭޝަން/ޕްރެކްޓިކަލް

ހުށަހަޅަންޖެހޭ ލިއުންތައް:

  1. ވަޒީފާއަށް އެދޭ ސިޓީ
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

(ށ)މަތީ ތަޢުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި  ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓުގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުވައްސަސާއެއްގައި، ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/ ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްޢޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.

(ނ) އުވާލާފައިވާ ދައުލަތުގެ އިދާރާތަކާއި ސަރުކާރުގެ ހިއްސާވާ ކުންފުންޏެއްގައި މަސައްކަތްކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މި މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2022 މާޗް 03 ވާ ބުރާސްފަތި ދުވަހުގެ 13.00 ގެ ކުރިން، ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލްގެ  އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ސިޓީއާއި ލިޔުންތައް އީމެއިލް މެދުވެރިކޮށް ވެސް ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ،[email protected] އެވެ. ސިޓީއާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ ސިޓީ ބާޠިލުކުރެވޭނެއެވެ.

އިންޓަވިއު(އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ އެބައިވެސްހިމެނުން) އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2022 މާޗް 06  ން  2022 މާޗް 09   އާ ދެމެދު ދުވަހެއްގައި، ދިޔަމިގިލީ ކައުންސިލްގެ އިދާރާ ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ. އަދި ޙާޟިރުވާންޖެހޭ ދުވަހާއި ގަޑި ކުރިމަތިލައްވާ ފަރާތްތަކަށް އަންގާނަމެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ:

މި މަޤާމަށް މީހަކު ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބޭ މާކުހުގެ ޖުމްލަ %45 (ސާޅީސްފަހެއް އިންސައްތަ ) އަށްވުރެ މަތިވާން ޖެހޭނެ އެވެ.

އިތުރު މަޢުލޫމާތު ހޯދުން:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6780004 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ [email protected]  އަށެވެ.

 

ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

27 ފެބުރުވަރީ 2022
ހޯދާ