އަރިއަތޮޅު އުތުރުބުރީ އުކުޅަހު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އއ. އުކުޅަހު ކައުންސިލް އިދާރާއަށް 3.0 ޓަނުގެ ޕަވަރގޭޓް ޕިކަޕެއް ހޯދުމާއި ގުޅޭ

އއ. އުކުޅަހު ކައުންސިލް އިދާރާއަށް 3.0 ޓަނުގެ ޕަވަރގޭޓް ޕިކަޕެއް ހޯދުމާއި ގުޅޭ:

މިއިދާރާއަށް .03 (ތިނެއް) ޓަނޭޖް އުފުލޭވަރު ގެ ޕަވަރގޭޓް ޕިކަޕެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

 

ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 17 މާރިޗު 2022 ވާ ބުރާސްފަތި ދުވަހުގެ 10:30 އަށް މިއިދާރާއަށް ވަޑައިގެން ބިޑް ހުށަހެޅުއްވުން އެދެމެވެ.

ބިޑްއާއި ގުޅޭ މަޢުލޫމާތު ކަރުދާސް މި އިޢުލާނާއިއެކު ހިމެނިފައިވާނެއެވެ. ބިޑް ހުށަހަޅުއްވަން ވާނީ، މި އިދާރާއިން ތައްޔާރުކޮށްފައިވާ ބިޑް ހުށަހަޅުއްވާ ފޯމުންނެވެ. މި ދެންނެވި ފޯމް ބިޑްގައި ރަޖިސްޓްރީވާ ފަރާތްތަކަށް ފޯރުކޮށްދެވޭނެއެވެ. ބިޑްގައި ރަޖިސްޓްރީވުން 03 މާރިޗު 2022 ވާ ބުރާސްފަތި ދުވަހުން ފެށިގެން 14 މާރިޗު 2022 ވާ ހޯމަވަހުގެ ނިޔަލަށް ސަރުކާރު ބަންދުނޫން ކޮންމެ ދުވަހަކު ދުވާލު 10:00 އާއި 12:00 އާއި ދެމެދު މި އިދާރާގައި ކުރިއަށް ދާނެއެވެ. ބިޑްގައި ރަޖިސްޓްރީކުރެއްވުމަށް މިއިދާރާއަށް ވަޑައިނުގެންނެވޭ ފަރާތްތަކުން އިސްވެދެނެވުނު ގަޑީގައި މި އިދާރާގެ ރަސްމީ ނަންބަރަށް (6660536) ގުޅުއްވުމުން ނުވަތަ މިއިދާރާއަށް އީމެއިލް  ([email protected])  ކުރެއްވެވުމުން މިކަމުގައި އެހީތެރިކަން ފޯރުކޮށްދެވޭނެ ވާހަކަ ދެންނެވީމެވެ.

މި މަސައްކަތަށް ހުށަހަޅުއްވާ ބިޑް ކެނޑުން އިސްވެ ދެންނެވުނު ގަޑީގައި މި އިދާރާގައި އޮންނާނެއެވެ. އަދި ބިޑް ކެނޑުމުގެ ބައްދަލުވުމަށް ޙާޟިރުވެ ވަޑައިނުގެންނެވޭނަމަ ސިޓީއަކާއެކު ބަދަލުގައި އެހެން ބޭފުޅަކު  ފޮނުވިދާނެއެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

02 މާރިޗު 2022

02 މާރިޗު 2022
ހޯދާ