ދިވެހިރާއްޖެ
ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް (އެސް-އޯ މޯލްޑިވްސް)ގެ ހިންގާ ކޮމިޓިގެ ފެމިލީ ރެޕްރެޒެންޓޭޓިވްގެ މަޤާމު ހުސްވުމާ ގުޅިގެން އެމަޤަމަށް ކުރިމަތިލުމަށް ކުރި އިޢުލާން
(ނަންބަރު:SOM/IUL/2022/007) މުއްދަތު ހަމަވީ އިރުވެސް އެެއްވެސް ފަރާތަކުން ކުރިމަތިލައްވާފައި ނުވާތީ އަލުން އެސް-އޯ މޯލްޑިވްސް ހިންގާ ކޮމިޓިގެ ފެމިލީ ރެޕްރެޒެންޓޭޓިވްގެ މަޤާމަށް ކުރިމަތިލުމަށް ހުޅުވާލަމެވެ.
ވީމާ އެސް-އޯ މޯލްޑިވްސްގައި ރަޖިސްޓްރީ ވެފައިވާ ބެލެނިވެރިންގެ ތެރެއިން މި މަޤާމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 07 މާރިޗު 2022 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން
somalddives2019@gmail އަށް މިކަމަށް އެދި ސިޓީއަކުން ދެންނެވުން އެދެމެވެ.
ސިޓީއާއެކު މި މަޤާމަށް އެދިލައްވާ ފަރާތުގެ ވަނަވަރު، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އަދި ޕާސްޕޯޓް ސައިޒް ފޮޓޯއެއް ފޮނުއްވުން އެދެމެވެ.
