ޙާފިޡް އަޙުމަދު ސްކޫލް
ދިވެހިރާއްޖެ
ސްކޫލް ބޯޑަށް ކުރިމަތިލުމުގެ ފުރުސަތު

 

ހާފިޒު އަހުމަދު ސްކޫލް                                            

 ފުވައްމުލައް، ދިވެހިރާއްޖެ

 ނަންބަރު GS74/GS74/2022/4

އިއުލާން

2021-2022 ދިރާސީ އަހަރު ސްކޫލް ބޯޑަށް ކުރިމަތި ލުމުގެ ފުރުސަތުވަނީ ހުޅުވާލެވިފައެވެ. މި ބޯޑު އެކުލެވިގެންވަނީ ތިރީގައިމިވާ މަޤާމްތަކުގެ މައްޗަށެވެ.

(ހ) ސްކޫލްގެ ޕްރިންސިޕަލް

(ށ) ޕީ.ޓީ.އޭ. ގެ ނާއިބު ރައީސް

(ނ) ސްކޫލްގެ ސީނިއަރ މެނޭޖްމެންޓް ޓީމު (އެސް.އެމް.ޓީ) ގެ ތެރެއިން ޕްރިންސިޕަލް ޢައްޔާންކުރާ 1 މެމްބަރު

(ރ) ބެލެނިވެރިންގެ ތެރެއިން އިންތިޙާބުކުރާ 3 މެމްބަރުން

(ބ) ޓީޗަރުންގެ ތެރެއިން އިންތިޙާބުކުރާ 2 މެމްބަރުން

(ޅ) މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ޢައްޔަންކުރާ 1 މެމްބަރު

ބެލެނިވެރިންގެ ޝަރުތުތައް: ސްކޫލް ބޯޑަށް ކުރިމަތިލާ ބެލެނިވެރިންގެ ޝަރުތުތައް ތިރީގައި މިވަނީއެވެ.

1-ސްކޫލްގައި ކިޔަވާ ދަރިވަރެއްގެ ބެލެނިވެރިއެއްގެ ގޮތުގައި ސްކޫލުގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތެއްކަމުގައިވުން.

2-ސްކޫލް ބޯޑުގެ ކަންތައްތަކުގައި ޝައުގުވެރިކަމާއެކު އުޅެވޭނެ ފަރާތެއްކަމުގައިވުން.

3-ޖިނާޢީ ކުށެއްގެ ޙުކުމެއް ތަންފީޒުކުރަމުންދާ މީހަކު ކަމުގައި ނުވުން ނުވަތަ އެފަދަ ހުކުމެއް ތަންފީޒުކޮށް ނިމުނުތާ ނުވަތަ ޙުކުމެއް ކަނޑައެޅުނު އަދަބު މަޢާފުކުރެވުނުތާ 5 އަހަރުވެފައިވާ މީހަކުކަމުގައިވުން.

4-ދިވެހިބަހުން ލިޔަން ކިޔަން އެގުން

5-ސްކޫލްގެ މުވައްޒަފަކަށް ނުވުން

6-އުމުރުން 18 އަހަރު ފުރިފައިވާ ދިވެއްސަކު ކަމުގައިވުން

7-އެހެން ސްކޫލެއްގެ ބޯޑެއްގެ މެމްބަރަކު ކަމުގައި ނުވުން

ޓީޗަރުންގެ ޝަރުތުތައް: ސްކޫލް ބޯޑަށް ކުރިމަތިލާ ޓީޗަރުންގެ ޝަރުތުތައް ތިރީގައި މިވަނީއެވެ.

1-ޓީޗަރެއްގެ މަސްއޫލިއްޔަތު ސްކޫލުގައި އަދާކުރަމުންދާ މީހެއްކަމުގައިވުން

2-ސްކޫލް ބޯޑުގެ ކަންތައްތަކުގައި ޝައުގުވެރިކަމާއެކު އުޅެވޭނެ ފަރާތެއްކަމުގައިވުން

މަޤާމުގެ ގޮތުން ޢައްޔަނުކުރެވޭ ފަރާތްތަކުގެ ޝަރުތުތައް: ސްކޫލް ބޯޑަށް މަޤާމުގެ ގޮތުން ޢައްޔަނުކުރެވޭ ފަރާތްތަކުގެ ޝަރުތު ތިރީގައި އެވަނީއެވެ.
1- މަޤާމުގެ ގޮތުން ޢައްޔަނުކުރި ފަރާތެއްކަމަށްވާނަމަ، ޢައްޔަނުކުރިއިރު ހުރި މަޤާމުގެ ހައިސިއްޔަތުގައި ދެމިހުރުން

ބެލެނިވެރިންގެ ތެރެއިން އަދި ޓީޗަރުންގެ ތެރެއިން ހޮވާ މެމްބަރުން ހޮވާނީ ސިއްރު ވޯޓަކުންނެވެ. ބޭނުންވާ އަދަދަށް ނުވަތަ އެއަދަދަށްވުރެ މަދުން މީހުން ކުރިމަތިލައިފިނަމަ ފެންނަ ނުފެންނަ ވޯޓުންނެވެ. ވީމާ ސްކޫލް ބޯޑުގެ މެމްބަރަކަށްވުމަށް ޝައުގުވެރިވެލައްވާ ބޭފުޅުން މެމްބަރުކަމަށް އެދޭ ފޯމް ފުރުވުމަށްފަހު 8 މާރިޗް 2022 ވާ އަންގާރަ ދުވަހުގެ ކުރިން ސްކޫލް އޮފީހަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ. ފޯމް ލިބިވަޑައިގަންނަވާނީ ސްކޫލް އޮފީހުންނެވެ.

2 މާރިޗް 2022

 

02 މާރިޗު 2022
ހޯދާ