ދިވެހިރާއްޖެ
(IUL)120-A/1/2022/13 :ނަންބަރު
އިޢުލާން
2021 ނޮވެންބަރު/ޑިސެމްބަރު މަހު ބޭއްވުނު ކެމްބްރިޖް އެސެސްމަންޓް އިންގްލިޝް އިމްތިޙާނުގެ ސެޓްފިކެޓް ދޫކުރުމާގުޅޭ.
2021 ނޮވެންބަރު/ޑިސެމްބަރު މަހު ބޭއްވުނު ކެމްބްރިޖް އެސެސްމަންޓް އިންގްލިޝްގެ ސީ.ޕީ.އީ، ސީ.އޭ.އީ، އެފް.ސީ.އީ، ޕެޓް އަދި ކެޓް އިމްތިޙާނުގެ ސެޓްފިކެޓް، 2022 މާރޗް 03 (ބުރާސްފަތި) އިން ފެށިގެން ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސް އިން ސެންޓަރުތަކަށާއި މި ޑިޕާޓްމަންޓް މެދުވެރިކޮށް އަމިއްލަގޮތުން އިމްތިހާނުގައި ބައިވެރި ކެންޑިޑޭޓުންނަށް ދޫކުރަން ފަށާނެއެވެ. ސެޓްފިކެޓް ދޫކުރަން ހަމަޖެހިފައިވަނީ ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ 08:30 ން 13:30 އަށެވެ.
މި ޑިޕާޓްމަންޓު މެދުވެރިކޮށް އަމިއްލަ ގޮތުން އިމްތިޙާނުގައި ބައިވެރިވި ކެންޑިޑޭޓުންގެ ނަތީޖާއާއި ހަވާލުވުމަށް ކެންޑިޑޭޓުން އަންނައިރު، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެނައުންއެދެމެވެ. ބަދަލުގައި މީހަކު ފޮނުވާނަމަ، ކެންޑިޑޭޓުގެ އައި.ޑީ ކާޑު ނުވަތަ އައި.ޑީ ކާޑުގެ ފޮޓޯއެއް އަދި ހަވާލުވާ ފަރާތުގެ އައިޑީ ކާޑު ގެންނަންވާނެއެވެ.
29 ރަޖަބް 1443
02 މާރިޗު 2022