ނިލަންދެއަތޮޅު ދެކުނުބުރީ މީދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބިދޭސީންގެ ދަފްތަރު އެކުލަވާލުމާއި ގުޅޭ

ބިދޭސީންގެ ދަފްތަރު އެކުލަވާލުމާއި ގުޅޭ

 

    ޤާނޫނު ނަންބަރު: 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫން) އަށް 8 ވަނަ އިސްލާހު ގެނައުމުގެ ޤާނޫނުގެ 15 ވަނަ މާއްދާގެ (ހބ) ގައި ބިދޭސީންގެ މަޢުލޫމާތު އެއްކޮށް، ދަފުތަރެއް ކައުންސިލުން ބަލަހައްޓަން ލާޒިމްކުރާތީވެ، މިރަށުގައި ދިރިއުޅޭ ބިދޭސީންނާއި ބެހޭ މަޢުލޫމާތު ހޯދައި ބިދޭސީންގެ ދަފްތަރު އަލުން އެކުލަވާލުމަށް ބޭނުންވެއެވެ.

ދަފްތަރުގައި ބިދޭސީން ރަޖިސްޓްރީ ކުރުމަކީ، އެ ބިދޭސީއަކަށް ވަޒީފާދީފައިވާ ފަރާތުން ކުރަންޖެހޭ ކަމެކެވެ. އެހެންކަމުން ރަށުގައި މަސައްކަތްކުރާ ބިދޭސީން 7 މާރިޗް 2022 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން، ބިދޭސީން ރަޖިސްޓްރީކުރާ ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް ފުރިހަމަ ކުރުމަށްފަހު ހުށައެޅުއްވުމަށް ދަންނަވަމެވެ. މިދަފްތަރު އެކުލަވާލުމަށްޓަކައި ބޭނުންވާ "ބިދޭސީންގެ ދަފްތަރު ފޯމް" ކައުންސިލް އިދާރާއިން ލިބެން ހުންނާނެއެވެ.

 

މަތީގައިވާ މުއްދަތުގައި މަޢުލޫމާތު ހުށަނާޅާ ފަރާތްތަކާއި ޤަވާއިދާއި ޚިލާފަށް އުޅޭ ކަމަށް ފާހަގަ ކުރެވޭ ބިދޭސީންގެ މަޢުލޫމާތު ކަމާއި ބެހޭ މުވައްސަސާތަކަށް ހުށަހަޅައި، އެފަރާތްތަކާއި މެދު ޤަވާއިދުން ފިޔަވަޅު އެޅޭނެ ވާހަކަ މަޢުލޫމަތަށްޓަކައި ދެންނެވީމެވެ.

 

            މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢްލާން ކުރީމެވެ.

01 މާރިޗު 2022
ހޯދާ