ޓެކްސް އެޕީލް ޓްރައިބިއުނަލް
ދިވެހިރާއްޖެ
ޑެޕިއުޓީ ފައިނޭސް އޮފިސަރ

މިޓްރައިބިއުނަލަށް ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފަކު ހޯދުމަށް ބޭނުންވެއެވެ.

މަޤާމް:

ޑެޕިއުޓީ ފައިނޭސް އޮފިސަރ

މަޤާމް ނަންބަރު:

TAT-119

ބޭނުންވާ ޢަދަދު:

01

މަޤާމް ގިންތި:

ދާއިމީ

މަޤާމުގެ ކްލެސިފިކޭޝަން:

ޑެޕިއުޓީ އޮފިސަރ

ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން:

އެޑްމިން އެންޑް ފައިނޭންސް ސެކްޝަން،  ޓެކްސް އެޕީލް ޓްރައިބިއުނަލް

މުސާރަ، ޢިނާޔަތްތަކާއެކު:

- އަސާސީ މުސާރަ: -/5,000ރުފިޔާ

- ނޮން ޕްރެކްޓިސިންގ އެލަވަންސް: -/2,000ރުފިޔާ (އަސާސީ މުސާރައިގެ %40)

- ލިވިންގ އެލަވަންސް: -/3,500 ރުފިޔާ

- ކަނޑައެޅިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ ދެވޭނެ

- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  1. ފައިސާއާބެހޭ އެންމެހާ ފޮތްތަކާއި، ފޯމެޓްތައް ތައްޔާރުކުރުން.
  2. ބަޖެޓް ރިޕޯރޓާއި، ރިކޮންސިލިއޭޝަން ސްޓޭޓްމަންޓް ތައްޔާރުކޮށް ކަމާބެހޭ ފަރާތްތަކަށް ފޮނުވުން.
  3. ޕާޗޭސް އޯޑަރއާއި ގުޅޭ ބިލްތަކާއި އެހެނިހެން ބިލްތައް ލިބޭތޯ ބެލުމާއި، ބިލްތަކުގެ ރަޖިސްޓްރީ ބެލެހެއްޓުމާއި، ބިލްތަކަށްފައިސާ ދެއްކުމަށްފަހު ބިލްތަކުގެ ރަޖިސްޓްރީ އަޕްޑޭޓްކޮށް، ފައިސާ ލިބެންޖެހޭ ފަރާތަށް އެފައިސާ ލިބޭތޯ މޮނިޓަރކޮށް ބެލެހެއްޓުން.
  4. ފައިނޭންޝަލް ޕްލޭން އަދި ޕްރޮކިއުމެންޓް ޕްލޭން ހެދުމަށް ބޭނުންވާ ޑާޓާއާއި މަޢުލޫމާތު ފޯރުކޮށްދިނުމާއި އެމަސައްކަތާއި ގުޅިގެން ކުރަންޖެހޭ މަސައްކަތްކުރުން.
  5. ޓްރައިބިއުނަލަށް ހޯދޭ އެސެޓްތައް ގަވާއިދާއި އެއްގޮތަށް  ޕްރޮކިއުކުރުމުގައި ސެޕް ސިސްޓަމް ތެރެއިން ކުރަންޖެހޭ މަސައްކަތް ކުރުމާއި ނީލަމުގައި ނައްތާލެވޭ ތަކެތި އުނިކުރުން. 
  6. ޓްރައިބިއުނަލަށް ހޯދޭ ތަކެއްޗާއި ޚިދުމަތަށް ބޭނުންވާ ފައިސާ ބަޖެޓުގައި ހިމެނިފައިވޭތޯ ކަށަވަރުކޮށް އެކަމާގުޅިގެން ކުރަންޖެހޭ މަސައްކަތްކުރުން.
  7. ޓްރައިބިއުނަލަށް ބަލައިގަންނަ ފައިސާ ބަލައިގަތުމާއި، އެފައިސާ ދައުލަތުގެ ރެވެނިއުގެ ގޮތުގައި ރިކޯޑް ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ކުރުން.
  8. މެންބަރުންގެ އިންޝިއުރެންސް ހަމަޖެއްސުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  9. ޓްރައިބިއުނަލްގެ މާލީހިސާބުތައް އޮޑިޓްކުރުމުގައި އޮޑިޓަރުންނަށް ފެސިލިޓޭޓްކޮށް ދިނުމާއި، އޮޑިޓާގުޅިގެން ޓްރައިބިއުނަލުން ޖަވާބުދާރީވާން ޖެހޭ ކަންކަމުގައި ޖަވާބުދާރީ ވުމުގައި ޓްރައިބިއުނަލްގެ ކަމާބެހޭ ވެރީންނަށް އެހީތެރިވެދިނުން.
  10. ކޮންމެ މަހެއް ނިމުމުން އޮޕެން ޕާރޗޭސް އޯޑަރތައް ސެޕްސިސްޓަމުގެ ތެރެއިން ޗެކްކޮށް އެ ޕާރޗޭސް އޯޑަރތަކާއި ގުޅޭ ގުޑްސް/ސަރވިސް ރިސީވްވެފައިވާކަން އަދި ޕާކް ކުރެވިފައިވާ ބިލްތައް ޕޯށްޓް ކުރެވިފައިވާކަން ކަށަވަރުކުރުމާއި، އެމަހެއްގައި ލިބިފައިހުންނަ ބިލްތަކަށް މަހުން މަހަށް ފައިސާދެއްކޭކަން ކަށަވަރުކުރުން.
  11. ފައިސާއާބެހޭ ކަންތައްތައް ކަމުގައި  ފާހަގަކުރެވޭ އެހެނިހެން ކަންކަން އެޑްމިނިސްޓްރޭޓަރގެ މަޝްވަރާއާއިއެކު ކުރުން.
  12. ފައިސާއާއި ގުޅުންހުރި އެންމެހައި ލިޔެކިއުންތައް ލިޔުމާއި ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވައި، ރައްކައުތެރިކަމާއެކު ބެލެހެއްޓުމާއި ފަސޭހައިން ފެންނާނެގޮތަށް ފައިލްކޮށް ބެލެހެއްޓުން.
  13. އޮފީސް ހުޅުވާ ލެއްޕުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތް ކުރުން.
  14. މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުގެ އިތުރުން ޓްރައިބިއުނަލުން ޙަވާލުކުރެވޭ މަސައްކަތްތައް ގަވާއިދުތަކާއި އުޞޫލުތަކާއިއެއްގޮތަށް ކުރިއަށްގެންދިއުން.                          

މަޤާމަށް ބޭނުންވާ ފެންވަރު ނުވަތަ ޝަރުތު

- އެކައުންޓިންގ ނުވަތަ ފައިނޭންސް ދާއިރާއަކުން ދަށްވެގެން އެމް.އެން.ކިއު.އެފް ލެވެލް 5 ނުވަތަ އެއާ އެއްފެންވަރުގެ ސަނަދެއް ހާސިލްކޮށްފައިވުން.

ނުވަތަ

- މަސައްކަތުގެ ދާއިރާއާގުޅޭ އޭ ލެވެލް 1 މާއްދާއިން ދަށްވެގެން ސީ ފާސް ލިބިފައިވުމާއި އޯލެވެލް އިނގިރޭސި އަދި އެސް.އެސް.ސީ ދިވެހިން ދަށްވެގެން ސީ ފާސް ލިބިފައިވުމާއެކު، މަސައްކަތު ދާއިރާއާގުޅޭ 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން،

ނުވަތަ

- އޯ ލެވެލް އިނގިރޭސިންނާއި އެސްއެސްސީ އިމްތިހާނުގެ ދިވެހި ހިމެނޭގޮތަށް 5 މާއްދާއިން ދަށްވެގެން ސީ ފާސް ލިބިފައިވުމާއެކު، މަސައްކަތު ދާއިރާއާގުޅޭ 5 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ހުށަހަޅަން ޖެހޭ ލިޔުންތައް

  1. ފުރިހަމަ ކޮށްފައިވާ މި ޓްރައިބިއުނަލްގެ ވަޒީފާއަށް އެދޭ ފޯމް (ވަޒީފާއަށްއެދޭ ފޯމް މި އިޢުލާނާއެކު ވަނީ ހިމެނިފައެވެ. އަދި މި ޓްރައިބިއުނަލްގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބެންހުންނާނެއެވެ).
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަމްބަރާއި އީމެއިލް އެޑްރެސް އެނގޭގޮތަށް).
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭގޮތަށް). 
  4. ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށް ގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. (މިފަދަ ސެޓްފިކެޓްތަކާއި ލިޔުންތައް އެކްރެޑިޓް ކުރަން ނުޖެހޭނެ އެވެ).
  5. ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުތަކާއި ޓްރާންސްކްރިޕްޓުގެ ކޮޕީ، ރާއްޖެއިން ބޭރުގެ މަތީތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓުގެ ކޮޕީ.
  6. ތަޢުލީމާއި ތަމްރީނާގުޅޭ ސެޓްފިކެޓްތަކުގެ ކޮޕީ. (ވަޒީފާ ހަމަޖެއްސުމުގެ ކުރިން ވަޒީފާއަށް ހޮވޭ ފަރާތަކުން އެޓެސްޓްކޮށް ހުށަހަޅަންވާނެއެވެ). 
  7. ލިބިފައިވާ ތަޖުރިބާ އަންގައިދޭ ލިޔުން (ތަޖުރިބާ ލިބިފައިވާކަން ދަލީލުކޮށްދޭ ލިއުމުގައި އެމީހަކު އެތަނެއްގައި އަދާކުރި ނުވަތަ އަދާކުރަމުންދާ ވަޒީފާގެ މަޤާމާއި، ކުރި މައިގަނޑު މަސައްކަތްތަކާއި، ވަޒީފާ އަދާކުރި މުއްދަތާއި އެތަނެއްގެ އިސްވެރިއެއްގެ ސޮޔާއި ތައްގަނޑު އޮންނަންވާނެއެވެ. މީގެ އިތުރުން ވަޒީފާއަށް ކުރިމަތިލާ ފަރާތަކީ ޓްރައިބިއުނަލުގެ ވަޒީފާއަށް ކުރިމަތިލާއިރު އެހެން ތަނެއްގައި ވަޒީފާ އަދާކުރަމުންދާ ފަރާތެއްނަމަ، ތަޖުރިބާ ލިބިފައިވާކަން ދަލީލުކޮށްދޭ ލިޔުން ތައްޔާރުކުރި ތާރީޚް އެނގެން އޮންނަންވާނެއެވެ).

އެހެނިހެން މަޢުލޫމާތު

- އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ މަޤާމަށް ޝަރުތު ފުރިހަމަވާ ފަރާތްތަކުގެ ތެރެއިން މި ޓްރައިބިއުނަލުން ދޭ ޕްރެކްޓިކަލްގައި ބައިވެރިވާ ފަރާތްތަކަށެވެ.

މިއިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3015555 އަށެވެ.            

                      އެޕްލިކޭޝަން ހުށަހަޅާނެގޮތް

ސުންގަޑި

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ކައުންޓަރަށް

(ގ.މާގަހަ، 2 ވަނަ ފަންގިފިލާ)  ނުވަތަ،

ކަނޑައެޅިފައިވާ ސުންގަޑީގެ ކުރިން މި ޓްރައިބިއުނަލްގެ [email protected] އަށް މެއިލްކުރުން. މެއިލްކުރާނީ ހުރިހާ ޑޮކިއުމެންޓެއް އެއްފައިލެއްގައި PDF ކޮށްފައެވެ.

(މެއިލް ކުރުމަށްފަހު އޮފީހަށް މެއިލް ލިބުނުކަން ޔަޤީން ކުރުމަކީ ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ)

 

09 މާރިޗް 2022 ވަނަ ދުވަހުގެ 13:00 ގެ ކުރިން

01 މާރިޗު 2022
ހޯދާ