މާޅޮސްމަޑުލު ދެކުނުބުރީ ކަމަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބ.ކަމަދޫއިން ދޫކުރުމަށް ހަމަޖެހިފައިވާ 64 ބަންޑާރަ ގޯތީގެ ވަގުތީ ލިސްޓް އާއްމުކުރުން

އިޢުލާން

ކަމަދޫއިން ދޫކުރުމަށް ހަމަޖެހިފައިވާ 64 ބަންޑާރަ ގޯތީގެ ވަގުތީ ލިސްޓް އާއްމުކުރުން

               ބ.ކަމަދޫއިން ދޫކުރުމަށް ހަމަޖެހިފައިވާ 64 ބަންޑާރަ ގޯއްޗަށް ކުރިމަތިލާފައިވާ ފަރާތްތަކަށް ޕޮއިންޓް ލިބިފައިވާ ގޮތުގެ ވަގުތީ ލިސްޓް އަދި ޝަރުތު ހަމަނުވާ ފަރާތްތަކުގެ ވަގުތީ ލިސްޓް މިއިޢުލާނާއިއެކު އާއްމު ކުރީމެވެ.

           ވީމާ، މިލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު މިއަދުން ފެށިގެން ހުޅުވައިލައިފީމެވެ. މިލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ސުންގަޑިއަކީ 2022 މާރިޗު 14 ވާ ހޯމަ ދުވަހުގެ މެންދުރު 13:00 އެވެ. ލިސްޓަށް ޝަކުވާ ހުށަހަޅަން ވާނީ ސިޓީއަކުން ކައުންސިލްގެ އިދާރާއަށެވެ. އަދި، އީމެއިލްގެ ޒަރީއާއިން ޝަކުވާ ސިޓީ ހުށަހަޅަން ބޭނުންވާ ފަރާތްތަކުން [email protected] އަށް ފޮނުއްވުމުން ބަލައިގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ. އަދި، ޝަކުވާއަށް އެދި ހުށަހަޅާ ސިޓީގައި ޝަކުވާ ހުށަހަޅާ ފަރާތުގެ ފޯނު ނަންބަރާއި އައިޑީ ކާޑު ނަންބަރު އޮންނަންވާނެއެވެ. އަނގަބަހުންނާއި، ފޯނުން ހުށަހެޅޭ ޝަކުވާތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނެވީމެވެ.

                      މިހެންވެ މިކަން އާޢްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.                  

01 މާރިޗު 2022
ހޯދާ