ދިވެހިރާއްޖެ
ށ.މިލަންދޫ ޞިއްޙީމަރުކަޒުގައި ކުރަންހުރި ބައެއް މަރާމާތުގެ މަސައްކަތްތައް އެސްޓިމޭޓް އުޞޫލުން، އަމިއްލަތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ، ކުންފުނިތަކާއި އިންވެސްޓްމަންޓް ތަކުން، ތިރީގައި މިދަންނަވާ ދުވަސްތަކުގައި، މިލަންދޫ ޞިއްޙީމަރުކަޒަށް ވަޑައިގެން މަޢުލޫމާތު
ސާފުކުރެއްވުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުންވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ކަނޑައެޅިފައިވާ ގަޑިއަށް ޙާޟިރުނުވާ ފަރާތްތަކުގެ
އަންދާސީ ޙިސާބުތައް ބަލައި ނުގަނެވޭނެ ވާހަކަވެސް ދެންނެވީމެއެވެ. އަދި ބަދަލުގައި މީހަކު ފޮނުއްވާނަމަ ފޮނުއްވަންވާނީ ސިޓީއަކާއި އެކުގައެވެ.
|
ތާރީޚް |
ދުވަސް |
ވަގުތު |
މަލޫމާތު ސާފުކުރުން |
06 މާރޗް 2022 |
އާދީއްތަ |
13:30 (މެންދުރުފަހު) |
އަންދާސީ ހިސާބު ހުށަހެޅުން |
13 މާރޗް 2022 |
އާދީއްތަ |
13:30 (މެންދުރުފަހު) |
އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް ގުޅުއްވާނީ 6540519 ، 7734558
28 ފެބުރުއަރީ 2022 މ