ދިވެހިރާއްޖެ
ނަންބަރު:(IUL)462-ADHR/1/2022/5
އިޢުލާން
ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވާ ވަޒީފާއާގުޅޭ މައްސަލާގައި އެ މައްސަލަ ނިމުމާހަމައަށް ކޮމިޝަނުގެ ފަރާތުން ހުށަހަޅަންޖެހޭ އެންމެހާ ލިޔެކިޔުންތަކާގުޅޭގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްކޮށް، މިމައްސަލައިގައި ވަކާލާތު ކޮށްދޭނެ ފަރާތެއް ބޭނުންވެއެވެ.
ވީމާ، މިކަމަށްޝައުޤުވެރިވާ ފަރާތްތަކުން މި އިޢުލާނާއިއެކު އެޓޭޗްކުރެވިފައިވާ އަންދާސީ ހިސާބު ހުށަހަޅާ ފޯމު ފުރިހަމަކުރެއްވުމަށްފަހު ޗެކްލިސްޓުގައި ހިމެނޭ އެންމެހާ ލިޔެކިޔުންތަކާއެކު، ކަނޑައެޅިފައިވާ ތާރީހުގައި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.
ތަފްޞީލު |
ތާރީޚު |
ދުވަސް |
ގަޑި |
އަންދާސީހިސާބު ހުށަހެޅުން އަދި އަންދާސީ ހިސާބު ކެނޑުން |
10 މާރިޗް 2022 |
ބުރާސްފަތި |
13.00 |
|
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް:
- މިއިޢުލާނާ ގުޅޭގޮތުން މަޢުލޫމާތު ސާފު ކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން 2 މާރިޗް 2022 އިން 9 މާރިޗް 2022 އަށް، ކޮމިޝަނުގެ އީމެއިލް [email protected] އަށް ސާފު ކުރެއްވުމަށް ބޭނުންވާ މައުލޫމާތު އެނގޭނޭހެން ލިޔުއްވާ މެއިލް ކުރެއްވުން އެދެމެވެ. އަދި މި ސުވާލުތަކަށް ދޭ ޖަވާބު ކޮމިޝަނުގެ ވެބް ސައިޓުގައި ޝާޢިއު ކުރެވޭނެއެވެ.
- ފޯން: 3302582
- އީމެއިލް: [email protected]
28 ރަޖަބު 1443