މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
އޮފީސް މަރާމާތުކޮށް އަދި އެއާރކޮންޑިޝަން ހަރުކޮށްދިނުމާއި ފަރުނީޗަރު ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

ބީލަން ހުށަހެޅުމުގެ ދަޢުވަތު

  1. މި އިދާރާގެ އެދުރުހިޔާ ޢިމާރާތުގެ 9 ވަނަ ފަންގިފިލާގެ އިރުމަތީ އޮފީސް އަމިއްލަތަކެތީގައި މަރާމާތުކޮށް އަދި އެއާރކޮންޑިޝަން ހަރުކޮށްދިނުމާއި ފަރުނީޗަރު ފޯރުކޮށްދޭނެ ފަރާތެއް ހޯދަމަށް ކޮށްފައިވާ ނަންބަރު (IUL)2) 22-EDF/22/2022/43 ފެބުރުވަރީ 2022) އިއުލާނަށް އަންދާސީ ހިސާބު ހުށަހަޅާފައިވާ ފަރާތްތަކުން ހުށަހަޅާފައިވާ އަގުތަކަކަކީ މި ޕްރޮޖެކްޓަށް އަންދާޒާ ކޮށްފައިވާ އަގަށްވުރެ ބޮޑު އަގު ތަކެއް ކަމަށްވާތީ، މިއިއުލާން ބާތިލްކޮށް އަލުން އިއުލާން ކުރަމެވެ.
  2. މިޕްރޮޖެކްޓްގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2022 މާރިޗު 1 އިން 2022 މާރިޗް 5 ގެ 14:00 ގެ ނިޔަލައް  ތިރީގައިވާ ލިންކު މެދުވެރިކޮށް ފޯމް ހުށަހެޅުއްވުމުން ރަޖިސްޓްރީ ކޮށްދެވޭނެއެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ. ރަޖިސްޓްރޭޝަން ފޯމްގެ ލިންކު: https://forms.gle/owUZfk2vQDSXtUJGA
  3. މިޕްރޮޖެކްޓްގައި ބައިވެރިވާން އެދޭ ފަރާތްތަކުން، މަޢުލޫމާތު ސާފުކުރުމަށް 2022 މާރިޗު 6 ވަނަ ދުވަހުގެ 11:00 ގައި އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ފަންޑުގެ އިދާރާ / މިނިސްޓްރީ އޮފް އެޑިޔުކޭޝަން ، އެދުރުހިޔާ ، 9 ވަނަ ފަންގިފިލާގަ އޮންނާނެއެވެ.
  4. ޕްރޮޖެކްޓްގެ ބިޑް ސެކިއުރިޓީގެ ގޮތުގައި -/5,000 (ފަސްހާސް) ހުށަހަޅަންވާނެއެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 30 ދުވަހެވެ. ބިޑް ސެކިއުރިޓީ ހުށަހަޅަންޖެހޭ ގޮތް ބީލަން ފޮތުގައި ބަޔާންކޮށްފައި ވާނެއެވެ.
  5. ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2022 މާރިޗު 10 ވަނަ ދުވަހުގެ 11:00 ގައި އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ފަންޑުގެ އިދާރާ / މިނިސްޓްރީ އޮފް އެޑިޔުކޭޝަން ، އެދުރުހިޔާ ، 9 ވަނަ ފަންގިފިލާގައެވެ.
  6. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
  7. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ފަންޑުގެ އިދާރާ

މިނިސްޓްރީ އޮފް އެޑިޔުކޭޝަން

އެދުރުހިޔާ ، 9 ވަނަ ފަންގިފިލާ

ފަޅުމަތީ މަގު، މާލެ، ދިވެހިރާއްޖެ.

ފޯން:  3341193,3341194

އީ-މެއިލް: [email protected]

01 މާރިޗު 2022
ހޯދާ