ޑްރަގް ކޯޓު
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމު

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ރޭންކް: ޖީ.އެސް.3

އަދަދު

1

ސެކްޝަން/ޔުނިޓް: ޖެނެރަލް އެޑްމިނިސްޓްރޭޝަން އެންޑް އެޗް.އާރް ސެކްޝަން

މަސައްކަތްކުރަންޖެހޭ ތަން

ޑްރަގް ކޯޓު

އަސާސީ މުސާރަ

-/4,465 ރުފިޔާ

އެލަވަންސް

- ސަރވިސް އެލަވަންސް -/1,500 ރުފިޔާ

- ޖުޑީޝަލް އެލަވަންސް: މުސާރައިގެ %40

- ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

އަސާސީ ޝަރުޠު

1. މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން އިންޓަވިއުގައި ސާބިތުކޮށްދިނުމާއެކު، ސާނަވީ އިމްތިޙާނުން 2 މާއްދާއިން ދަށްވެގެން 'ޑީ' ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 2 މާއްދާއިން ދަށްވެގެން 'ސީ' ލިބިފައިވުން، ނުވަތަ،

2. މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބެމުންދިޔުމާއެކު GS-2 ރޭންކުގައި މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތުތައް

1. ކޯޓަށް އެކިއެކި ކަންކަމުގައި އަންނަ ފަރާތްތަކަށް ޖަވާބުދާރީވުމާއި މަޢުލޫމާތު ދޭންޖެހޭ ފަރާތްތަކަށް ކަމާބެހޭ ސެކްޝަނަކުން މަޢުލޫމާތު ހޯދައި މަޢުލޫމާތު ދިނުން.

2. ކޯޓަށް އަންނަ ސިޓީއާއި ތަކެތި ބަލައިގަތުން.

3. އެންޓްރީ ކުރުމާއި އެންޓްރީގެ ރިކޯޑްސް ބެލެހެއްޓުމާއި އެންޓްރީ ކުރާ ތަކެތި ސެކްޝަން ތަކަށް ޙަވާލުކޮށް އޭގެ ރިކޯޑްސްތައް ބެލެހެއްޓުން.

4. މުވައްޒަފުންނާއި ވެރިންގެ ސަލާމް ނޯޓުކޮށް ދުވަހުން ދުވަހަށް ހާޒިރީއަށް ނެގުން.

5. މުވައްޒަފުންގެ ސަލާމާއި ހާޒިރީގެ ރިކޯޑްސް ބެލެހެއްޓުމާއި އެކަންކަމާބެހޭ އެންމެހާ ރިކޯޑުތައް ބެލެހެއްޓުން.

6. ކައުންޓަރު ބެލެހެއްޓުން.  

7. ކޯޓުން ފޮނުވަންޖެހޭ އެންމެހާ ލިޔެކިޔުން ފޮނުވަންޖެހޭ ފަރާތްތަކަށް ދުވަހުން ދުވަހަށް ފޮނުވުން.

8. ކޯޓުން ބާއްވާ ބައްދަލުވުންތަކުގެ އިދާރީ އިންތިޒާމު ހަމަޖެއްސުން.

ހުށަހަޅަންޖެހޭ ތަކެތި

 

 

1. ފުރިހަމަ ކޮށްފައިވާ ޝަރުޢީ ދާއިރާގެ ވަޒީފާއަށް ވަނުމަށް އެދޭ ފޯމު.

2. ކުރިމަތިލައްވާ ފަރާތުގެ ވަނަވަރު.

3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލުގެ ކޮޕީ)

4. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލުގެ ކޮޕީ ނުވަތަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ އިން އެސެސްމެންޓް ހަދާފައިވާ ލިޔުން)

5. ވަޒީފާއެއް އަދާކުރައްވާ ނުވަތަ އަދާކުރައްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އަދި ވަޒީފާގެ ރޭންކު އެނގޭނެ ފަދަ ރަސްމީ ލިޔުމެއް. (އަދާކުރި ވަޒީފާގެ ރޭންކް އަކީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ވަޒީފާގެ އޮނިގަނޑުން ކޮން ރޭންކެއްކަން މި ލިޔުމުގައި އެނގެން އޮންނަންވާނެ)

ސުންގަޑި

02 ސެޕްޓެންބަރު 2014 ވާ އަންގާރަ ދުވަހުގެ 13:30 ގެ ކުރިން ޑްރަގް ކޯޓަށް ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު

- މި މަޤާމުތަކަށް އެދިލައްވާ ފަރާތްތަކުން ހުށަހަޅަންޖެހޭ ވަޒީފާއަށް އެދޭ ފޯމު މިކޯޓުގެ ކައުންޓަރުންނާއި ވެބްސައިޓް www.drugcourt.gov.mv އިން ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިކޯޓުގެ ނަންބަރު 3018556 ފޯނަށް ގުޅުއްވުން އެދެމެވެ.

- އެޕްލިކޭޝަން ހުށަހަޅަންވީ އެޑްރެސް: ޑްރަގް ކޯޓް، ޢިއްޒުއްދީން މަގު

ނޯޓް:

މަތީގައިވާ މަޤާމުތަކުގެ އިންޓަވިއު އަށް ދަޢުވަތު ދެވޭނީ ޝަރުޠު ފުރިހަމަވާ ފަރާތްތައް ޝޯޓްލިސްޓު ކުރުމަށްފަހު އެންމެ މަތިން މާކްސް ލިބިފައިވާ ފަރާތްތަކަށެވެ.

21 އޮގަސްޓް 2014
ހޯދާ