ދިވެހިރާއްޖެ
" ބޯހިމެނުން 2022 " ގެ ލޯގޯ، 2022 މާރިޗް މަހުގެ 1 ވަނަ ދުވަހުން ފެށިގެން ބޭނުންކުރުން.
މި އަހަރަކީ ރާއްޖޭގައި ބޯހިމެނުން ބާއްވާ އަހަރުކަމަށްވުމާއެކު، " ބޯހިމެނުން 2022 " ގެ ލޯގޯ، މި އަހަރުގެ މާރިޗް މަހުގެ 1 ވަނަ ދުވަހުން ފެށިގެން މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް، ސަރުކާރުގެ އެންމެހާ އިދާރާތަކުން ފޮނުއްވާ ލިޔެކިޔުންތަކުގައި ބޭނުންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދެންނެވުން ނަންބަރު: 2022/3 (24 ފެބުރުއަރީ 2022) އިން ވަނީ އަންގަވާފައެވެ.
މިގޮތުން ބޯހިމެނުމުގެ ލޯގޯ ތިރީގައި މިދަންނަވާ މި ބިއުރޯގެ ވެބްސައިޓް ލިންކްއިން ޑައުންލޯޑް ކުރެވެން ހުންނާނެވާހަކަ ދެންނެވީމެވެ.
ލިންކް: http://statisticsmaldives.gov.mv/census-in-2022/
އަދި ދަންނަވަމެވެ. މިލޯގޯ ބޭނުންކުރެވޭނީ ވިޔަފާރި އުސޫލު ނޫން ގޮތްގޮތަށް ކަމުގައިވެސް ދެންނެވީމެވެ.