ހުވަދުއަތޮޅު ދެކުނުބުރީ ވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސްޕޮންސަރ ކުރުމަަށް ހުޅުވާލުން

                                               ނަންބަރު:(IUL)421/421/2022/14

އިޢުލާން

 

ރާއްޖެ އެޓޯލް ވޮލީބޯލް ޗެމްޕިއްންޝިޕް، ގދ.އަތޮޅު މުބާރާތް ސްޕޮންސަރ ކުރުމުގެ ފުރުޞަތު ހުޅުވާލުމާއިގުޅޭ

                  ޒުވާނުންގެ މެދުގައި ކުޅިވަރު ކުޅުމުގެ ރޫޙު އާލާކޮށް، ހުނަރުވެރި މޮޅު ކުޅުންތެރިންތަކެއް އުފައްދައި، އަތޮޅު ތަކުގެ ޒުވާނުންގެ މެދުގައި އޮތް ގުޅުމާއި އެއްބައިވަންތަކަމާއި އެކުވެރިކަން ދެމެހެއްޓުމުގެ މަޤްޞަދުގައި ދެޖިންސުގެ ޒުވާނުންނަށް ޚާއްޞަކޮށްގެން ވޮލީބޯޅަ އެސޯސިއޭޝަނުން ރާއްޖެ އެޓޯލް ވޮލީބޯޅަ މުބާރާތުގެ ގދ އަތޮޅުގެ މުބާރާތް 19 މާރޗް 2022ގައި ގދ.ވާދޫގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

                  މިކުޅިވަރު މުބާރާތް ސްޕޮންސަރ ކުރުމުގެ ފުރުޞަތު ތިރީގައި ދެންނެވިފައިވާ ގޮތުގެ މަތިން ހުޅުވާލެވިފައިވާކަން ޢާއްމުކޮށް އަންގާ އިޢުލާންކުރީމެވެ.

  1. މެއިން ސޮޕޮންސަރ – 70,000 – 90,000 ރުފިޔާ

މުބާރާތުގެ ޓައިޓަލް ދިނުމާއި، 2 ދިމާލެއްގައި ސްޕޮންސަރ ކުރާ ފަރާތުގެ ނަމާއެކު ބެނާ ހަރު ކުރެވޭނެ.

  1. ކޯ ސްޕޮންސަރސް – 20,000 – 30,000 ރުފިޔާ

2 ދިމާލެއްގައި ސްޕޮންސަރ ކުރާ ފަރާތުގެ ނަމާއެކު ބެނާ ހަރު ކުރެވޭނެ.

  1. ފްލެގް ބެނަރ -  3,000 – 5,000 ރުފިޔާ

2 ފޫޓް 8 ފޫޓްގެ ބެނަރ ހަދައިގެން ގެނައުމުން ބަހައްޓައި ދިނުން

  1. ބިލްބޯޑް – 1,000 – 1,500 ރުފިޔާ

2 ފޫޓް 8 ފޫޓްގެ ބިލް ބޯޑް ހަދައިގެން ގެނައުމުން ބަހައްޓައި ދިނުން

  1. މީޑިއާ ޕާޓްނަރ
  2.  ބެވަރޭޖް ޕާޓްނަރ (ފެން އަދި ރިފްރެޝްމެންޓް)

1000 ރުފިޔާގެ ހުށަހެޅުމެއްނަމަ 2 ފޫޓް 8 ފޫޓްގެ ބެނަރ ހަދައިގެން ބަހައްޓައިދިނުން

           

            ވީމާ މިމުބާރާތް ސްޕޮންސަރ ކުރެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތްތަކުން 08 މާރޗް 2022 ވާ އަންގާރަ ދުވަހުގެ 13:00 ގެ ނިޔަލަށް މިކައުންސިލްގެ އިދާރާއަށް ސްޕޮންސަރ ކުރެއްވުމަށް ހުށަހެޅުއްވުން އެދެމެވެ. މިކަމާ ގުޅޭ ގޮތުން އިތުރު މަޢުލޫމާތު ސާފްކުރެއްވުމަށް ގުޅާނީ 6840005 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

            އެހެންކަމުން މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.                  

‏27‏ ޖުމާދަލްއާޚިރާ‏ 1443

‏28‏ ފެބްރުއަރީ‏ 2022

 

 

 

 

 

 

 

 

 

                                                          ޙަސަން ޢަބްދުﷲ

                                                         ކައުންސިލްގެ ރައީސް

28 ފެބުރުވަރީ 2022
ހޯދާ