ގދ.އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
ސްޕޯޓްސް ސުޕަވައިޒަރގެ މަޤާމަށް މީހެއް ބޭނުންވެއްޖެ

މި މަދަރުސާގެ ސްޕޯޓްސް ސުޕަވައިޒަރގެ މަޤާމަށް މީހަކު ހޯދުމަށް، މި މަދަރުސާއިން ކުރި ނަންބަރު 11/2014/GS30/IUL ( 28-04-2014 ) ގެ އިޢުލާނާ ގުޅިގެން އެ މަޤާމަށް ކުރިމަތިލެއްވި ފަރާތްތަކުން، މިހާރު އެ މަޤާމު ބޭނުންނުވެއެވެ. ވީމާ، މި މަދަރުސާގެ ސްޕޯޓްސް ސުޕަވައިޒަރ މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 04 ސެޕްޓެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހުގެ 14:00 ގެ ކުރިން ސިވިލް ސަރވިސް ވަޒީފާއަށް އެދޭ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު، މި މަދަރުސާގެ އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

މަޤާމު:

ސްޕޯޓްސް ސްޕަވައިޒަރ  

މަޤާމު ނަންބަރު:

248810

ބޭނުންވާ އަދަދު:

01

ރޭންކް:

ޖީ.އެސް - 3

ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

މަޤާމު ގިންތި:

ދައިމީ

ސެކްޝަން:

އެކަޑެމިކް

މުސާރަ:

-/4465

ސާރވިސް އެލަވަންސް:

-/1500

މަސައްކަތް ކުރަންޖެހޭ އޮފީސް:

ގދ. އަތޮޅު މަދަރުސާ / ގދ.ގައްދޫ

މަޤާމުގެ ޝަރުޠުތައް:

  1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލު ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

މަޤާމުގެ: މަސްއޫލިއްޔަތު:

              

  1. ސްކޫލުގެ ދަރިވަރުންނަށް ހިންގޭ އެކްސްޓްރާ ކޯކަރިކިއުލަރ ޙަރަކާތްތަކުގެ ތެރެއިން، ކުޅިވަރު ޙަރަކާތްތައް ރާވައި ހިންގުން.
  2. ދަރިވަރުންގެ ސުލޫކީ މިންގަނޑު ހިފެހެއްޓުމާއި، ދަރިވަރުންނަށް ޖިސްމާނީ ގޮތުންނާއި، ނަފްސާނީ ގޮތުން އަދި އަޚުލާޤީ ރިވެތި ބަޔަކަށް ދަރިވަރުން ހެދުމަށް މަސައްކަތް ކުރުން.
  3. ދަރިވަރުންނަށް ނެގޭ ޕީ.އީ އެކްޓިވިޓީސް ކުރިއަށް ގެންދިއުމާއި، ޕީ.އީ ގަޑިތަކުގައި ޓީޗަރުންނަށް އެހީތެރިވެދިނުން. އަދި ޕީ.އީ. ގަޑިތައް ނަންގަވައި ދެއްވާ ޓީޗަރ ނެތް ހާލަތްތަކުގައި އެޓީޗަރުންގެ ގަޑިތަކާއި، މީގެ އިތުރުންވެސް ހަވާލުކުރެވޭ ޕީ.އީ ގަޑިތައް ނެގުން.
  4. ސްކޫލުގައި ބޭއްވޭ އިންޓަރހައުސް ކުޅިވަރު މުބާރާތްތައް ސްޕޯޓްސް ކްލަބާ ގުޅިގެން އިންތިޒާމު ކުރުމާއި، އަދި އެހެނިހެން ކުޅިވަރު މުބާރާތްތައް އިންތިޒާމުކޮށް ހިންގުމުގައި އެކަމަކާ ހަވާލުވެ ހުންނަ ފަރާތަކުން ބޭނުންވާ އެހީތެރިކަން ދިނުން.
  5. ކުޅިވަރު ޙަރަކާތްތަކަށާއި، ޕީ.އީ އަށް ހޯދާފައިވާ ތަކެތި ބެލެހެއްޓުމުގެ އިތުރުން، ހޯދަން ބޭނުންވާ ތަކެތި ބަޖެޓް ސެކްޝަނާ ވާހަކަ ދައްކައިގެން ހޯދުން.
  6. ސްކޫލުގައި ބޭއްވޭ ކުޅިވަރު މުބާރާތްތަކުގެ ހުރިހާ ރިކޯޑެއް ބެލެހެއްޓުން.
  7. ސްޓާފުންގެ މެދުގައި ބާއްވާ އެކިއެކި ކުޅިވަރު ޙަރަކާތްތައް ހިންގުމަށް ބޭނުންވާ އެހީތެރިކަން ފޯރުވައިދިނުން.
  8. އިންޓަރ ސްކޫލް ކުޅިވަރު މުބާރާތްތަކަށް ސްކޫލު ޓީމްތައް ތައްޔާރުކުރުން.
  9. އިންޓަރހައުސް / ކްލަބް ކުޅިވަރު މުބާރާތްތަކަށް ދަރިވަރުން ފަރިތަކުރުމުގެ އިންތިޒާމުތައް ރާވައި ހިންގުން.

ވަޒީފާއަށް އެންމެ ޤާބިލު މީހަކު ހޮވުމަށް ބެލެވޭ ކަންތައްތައް:

  1. ތަޢުލީމާއި ތަމްރީނު ލިބިފައިވާ މިންވަރު
  2. މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު
  3. މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލުކަމާއި ބޭނުންވާ ސިފަތައް

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ފުރިހަމަވާ ފަރާތްތަކާއެކު ބާއްވާ އިންޓަވިއު މި އިޢުލާނުގެ މުއްދަތު ހަވަމާތާ ރަސްމީ 10 ދުވަހުގެ ތެރޭގައި މި އިދާރާގައި ބޭއްވޭނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަނޑި:

މި ވަޒީފާއަށް އެދޭ ފަރާތްތަކުން ސިވިލް ސަރވިސް ވަޒީފާއަށް އެދޭ ފޯމު ފުރިހަމަ ކުރުމަށްފަހު ފޯމާއެކު ހުށަހަޅަން ޖެހޭ ލިޔުންތަކާއެކު، 04 ސެޕްޓެންބަރު 2014 ވާ ބުރާސްފަތި ދުވަހު މެންދުރު ފަހުގެ 14:00 ގެ ކުރިން ގދ. އަތޮޅުމަދަރުސާގެ އިދާރާއަށް ހުށަހެޅުމަށް އެދެމެވެ. ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށް ވެސް ހުށަހެޅިދާނެއެވެ.

ސެޓުފިކެޓުތަކާއި ލިޔެކިޔުންތައް އެޓެސްޓު ކުރުން:

ވަޒީފާއަށް އެދި ހުށަހަޅާ ހުރިހާ ލިޔެކިޔުންތައް އެޓެސްޓު ކުރުން އޮންނާނީ އިންޓަވިއު ކުރާ ފަރާތްތަކަށް އެކަންޏެވެ. ވީމާ، އިންޓަވިއުއަށް ހޮވޭ ފަރާތްތަކުން ވަޒީފާއަށް އެދި ހުށަހެޅުއްވި ހުރިހާ ލިޔެކިޔުންތަކުގެ އަސްލު ގެންނަވަން ވާނެއެވެ.

އުޖޫރައާއި އިނާޔަތްތައް:

ހަމަޖެހިފައިވާ އުސޫލުތަކާ އެއްގޮތަށް ސިވިލް ސާރވިސް މުވައްޒަފުންނަން ދެވޭ ޢިނާޔަތްތަކާ އަދި އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސާރވިސް ކޮމިޝަންގެ ސައިޓުން އަދި މި މަދަރުސާގެ އިދާރާއިން ވެސް ލިބޭނެއެވެ.)
  2. ލިބިފައިވާ ތަޢުލީމީ އަދި އެހެނިހެން ސެޓުފިކެޓުތަކުގެ އެކްރެޑިޓް ފޮޓޯ ކޮޕީތައް. (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިވާ)
  3. ލިބިފައިވާ މަސައްކަތުގެ ތަޖުރިބާގެ ސާބިތުކުރެވޭ، ވަޒީފާ އަދާކުރި އޮފީސްތަކުގެ ލިޔުންތައް.
  4. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ކަރިކިއުލަމް ވިޓާ / ފޯނު ނަންބަރާއި އީމެއިލް އެޑްރެސް އެނގޭނޭހެން )
  5. މުއްދަތު ހަމަނުވާ އައި.ޑީ. ކާޑުގެ ސާފު ފޮޓޯކޮޕީ
  6. ވަޒީފާގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯހާއި ވާރކްޝޮޕްތަކުގެ ލިއުންތަކުގެ ފޮޓޯކޮޕީ
  7. ސިވިލް ސަރވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މި މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފެއް ވަޒީފާ އަދާކުރައްވާ އޮފީހުގެ ލިޔުމެއް

ނޯޓް: ތަޖުރިބާގެ މުއްދަތު ގުނާނީ ސީވީގައި ބަޔާންކޮށްފައިވާ ތަންތާގައި ވަޒީފާ އަދާކޮށްފައިވާ ކަމުގެ ރަސްމީ ލިޔުމެއް ހުށަހެޅުމުންނެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތެއް ސާފުކުރައްވުމަށް ގުޅުއްވާނީ ގދ. އަތޮޅު މަދަރުސާގެ 7983083 ނަންބަރު ފޯނަށެވެ.

25 ޝައްވާލު 1435

21 އޮގަސްޓް 2014
ހޯދާ