ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ޝަރުޢީ މައުޛޫނުން ހޯދުމަށް

މިކޯޓަށް ކޮންޓްރެކްޓް އުޞޫލުން ކައިވެނި ޢަޤުދު ކޮށްދޭނޭ ޝަރުޢީ މަޢުޛޫނެއް ބޭނުންވެއެވެ.

ބޭނުންވާ ޢަދަދު:

 2

ކޯޓު/އިދާރާ:

 ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ މެޖިސްޓްރޭޓް ކޯޓް

އެލަވަންސް:

 -/250 ރުފިޔާ (ޢަޤުދު ކޮށްދޭ ކޮންމެ ކައިވެންޏަކަށް)

 

މަޤާމުގެ ޝަރުތު:

 ޝަރުޢީ މަޢުޛޫނުކަން ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތެއް ކަމުގައިވުން.

ހުށަހަޅަންޖެހޭ ތަކެތި:

 - ޝަރުޢީ މަޢުޛޫނުކަމަށްއެދި ހުށަހަޅާ ފޯމް

 - ވަނަވަރު

 - އައިޑީކާޑުގެ ކޮޕީ

 - ޝަރުޢީ މަޢުޛޫނުކަން ކުރުމުގެ ހުއްދައިގެ ކޮޕީ

ކައިވެނިކޮށްދޭންޖެހޭ ގަޑި:

 - ކޮންޓްރެކްޓް އުސޫލުން ކައިވެނިޢަޤުދުކޮށްދިނުމަށް ހޮވޭ ފަރާތްތަކުން ރަސްމީގަޑިއާއި ނުރަސްމީ ގަޑީގައި   ކޯޓުން ކޮށްދޭންޖެހޭ ކައިވެނިތައް ކޮށްދިނުމަށް ހަވާލުކުރެވޭނެއެވެ.

ސުންގަޑި:

10 މާރިޗު 2022 ވަނަ ދުވަހުގެ 13:00ގެ ކުރިން.

އިތުރު މަޢުލޫމާތު:

-   މިމަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން، މަޤާމަށް އެންމެ އެކަށީގެންވާ ފަރާތްތައް ހޮވޭނީ މި މަޤާމަށް ކުރިމަތިލާފައިވާ ފަރާތްތަކާ އިންޓަރވިއު ކުރުމަށް ފަހުގައެވެ.

-   މިމަޤާމަށް އެދިލައްވާ ފަރާތްތަކުން ހުށަހަޅަންޖެހޭ ޝަރުޢީ މަޢުޛޫނުކަމަށް އެދޭ ފޯމް މިކޯޓުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. 

 

28 ފެބުރުވަރީ 2022
ހޯދާ