ކޮޅުމަޑުލު ގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1443 ވަނަ އަހަރު ރަމަޟާން މަހު ތަރާވީޙް ނަމާދުކުރުމަށް ގެންނަ ޙާފިޒުންގެ ހުރުމާއި ކެއުން ހަމަޖެއްސުން

1443 ވަނަ އަހަރު ރަމަޟާން މަހު ތަރާވީޙް ނަމާދުކުރުމަށް ގެންނަ ޙާފިޒުންގެ ހުރުމާއި ކެއުން ހަމަޖެއްސުން

 

 

1443 ވަނަ އަހަރުގެ ރަމަޟާން މަހު ޙިފްޡުކޮށް ތަރާވީހު ނަމާދު ކުރުމަށް ގެންނަ ޙާފިޒުންގެ ހުރުމާއި ކެއުމުގެ އިންތިޒާމްތައް ހަމަޖައްސައިދޭނެ ފަރާތެއް ހޯދުމަށް ވަނީ ބޭނުންވެފައެވެ. މިކަމާ ގުޅިގެން 07 ފެބުރުވަރީ 2022 ވަނަ ދުވަހު ކުރެވިފައިވާ އިޢުލާން ނަންބަރު: (IUL)386/386/2022/14 އިޢުލާނަށް އެއްވެސް ފަރާތަކުން އަގު ހުށަހަޅާފައި ނުވުމާއެކު އެ އިޢުލާން ބާޠިލްކޮށް މިކަމަށް އަގު ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.

އަދި މިކަމާގުޅޭ އިތުރު މަޢުލޫމާތު ސާފުކޮށްދިނުން އޮންނާނީ މިއިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.

 

 

 

ތާރީޚް

ގަޑި

މަޢުލޫމާތު ސާފުކުރައްވަންޖެހޭ

08 މާރިޗު 2022

10:00

އަގު ހުށަހަޅުއްވަންޖެހޭ

17 މާރިޗު 2022

10:00

 

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

28 ފެބުރުވަރީ 2022
ހޯދާ