އަރިއަތޮޅު އުތުރުބުރީ ތޮއްޑޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އއ. ތޮއްޑޫ ދެކުނު ވޮލީކޯޓް ސަރަހައްދުގައި 2 ފާޙާނާހެދުމާއި، ދަނޑުތަކަށް ފެންޖެހޭ ނިޒާމު ޤާއިމުކުރުމާއި އަދި ބޯފެން ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް ކުރަންޖެހޭ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

             މި ކައުންސިލް އިދާރާއިން ދޭމަޢުލޫމާތާއި އެއްގޮތަށް އއ.ތޮއްޑޫގެ ވޮލީކޯޓް ސަރަޙައްދުގައި 2 ފާޙާނާހެދުމާއި، ދަނޑުތަކަށް ފެންޖެހޭ ނިޒާމު ޤާއިމުކުރުމާއި ބޯފެން ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް ކުރަންޖެހޭ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. މި ބީލަމުގައި ބައިވެރިވެވޭނީ ވިޔަފާރިރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުންރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތައް ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރީގެޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާފަރާތްތައްކަމުގައި ދެންނެވީމެވެ. އަންދާސީ ހިސާބު ހުށަހެޅުއްވުމަށް، ވިޔަފާރީގެ ވެރިފަރާތުގެ ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއްނަމަ، ވެރިފަރާތުގެ ސިޓީއެއް ގެންނެވުން އެދެމެވެ.

             ވީމާ، މިކަމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2022 މާރިޗް 09 ވަނަ ދުވަހުގެ 12:00 ގެ ނިޔަލަށް މިއިދާރާގައި ރަޖިސްޓަރީވުމަށް ދަންނަވަމެވެ.  މި ބީލަމުގައި ރަޖިސްޓަރީވުމަށް މި އިދާރާއަށް ހާޒިރުވެ ނުވަތަ ރަސްމީގަޑި ތަކުގައި 6660537 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ. އަދި މިއިދާރާގައި ރަޖިސްޓަރީނުވާ ފަރާތްތަކަށް ބީލަންހުށައެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަވެސް ދަންނަވަމެވެ. މި ބީލަމުގައި ރަޖިސްޓްރީވުމުން މި މަސައްކަތާއިގުޅޭ މަޢުލޫމާތު ޝީޓް މި އިދާރާގެ ރިސެޕްޝަނުން ފޯރުކޮށްދެވޭނެއެވެ.

             މި މަސައްކަތާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ދިނުން އޮންނާނީ 2022 މާރިޗް 09 ވާ ބުދަ ދުވަހުގެ 13:00 ގައި މި އިދާރާގައެވެ. އަދި  ބިޑް ހުށަހެށުމާއި، ބިޑްހުޅުވުން އޮންނާނީ 2022 މާރިޗް 14 ވާ ހޯމަ ދުވަހުގެ 13:00 ގައި މިއިދާރާގައެވެ.  ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރުމާއި، އަންދާސީ ހިސާބު ހުށައެޅުމަށް ފުރުޞަތު ހުޅުވާލަމެވެ.

              މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

28 ފެބުރުވަރީ 2022
ހޯދާ