ކޮޅުމަޑުލު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަންހެނުންގެ ކޮމިޓީތަކުން ހިންގާނެ ޙަރަކަތްތައް 2022

ނޫސް ބަޔާން

 

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު ( 2010/7 ) ގެ 7-56 ވަނަ މާއްދާގައިވާ ގޮތުގެމަތިން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ކޮންމެ އަހަރަކު ހާޞިލުކުރަން ކަޑައަޅާ ލަނޑުދަޑިތައް ކޮންމެ އަހަރެއްގެ ފުރަތަމަ މަހު އެކަށައަޅައި ޢާއްމުކުރަންޖެހެއެވެ.

ޤާނޫނު ނަމްބަރ: 2010/7 ( ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީއުޞޫލުން ހިންގުމުގެ ޤާނޫނު ) ގައި ބަޔާން ކޮށްފައިވާގޮތަށް، 2022 ވަނަ އަހަރަށް ހާޞިލުކުރަން ކަނޑައަޅާ ލަނޑުދަނޑިތައް ޖަނަވަރީމަހު އާއްމުކޮށްފައިވާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުން އެ މަޢުލޫމާތު މިކައުންސިލަށް ހިއްސާކުރުމަށްވާނީ ދަންނަވާފައެވެ. އެގޮތުން، ކުރިއަށް އޮތް އަހަރުގައި ހާޞިލުކުރަން ކަނޑައަޅާ ލަނޑުދަނޑިތައް ޢާއްމުކޮށް، މި ކައުންސިލަށް ހުށަހަޅުއްވާފައިވާ މިއަތޮޅުގެ ރަށްރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މަޢުލޫމާތު ތިރީގައި އެވަނީއެވެ.

 

1-      ބުރުނީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ

2-      ވިލުފުށީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ

3-      މަޑިފުށީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ

4-      ދިޔަމިގިލީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ

5-      ގުރައިދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ

6-      ވަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ

7-      ހިރިލަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ

8-      ކިނބިދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ

 ދެންނެވުނު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުން، ޤާނޫނީ ޒިންމާ އަދާކޮށްފައިވާތީ، ކައުންސިލްތަކުގެ މަސައްކަތް ފާހަގަކޮށް، އަތޮޅުކައުންސިލްގެ ފަރާތުން މަރުޙަބާ ދަންނަވަމެވެ.

28 ފެބުރުވަރީ  2022

28 ފެބުރުވަރީ 2022
ހޯދާ