ދިވެހިރާއްޖެ
ނޫސް ބަޔާން
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު ( 2010/7 ) ގެ 7-56 ވަނަ މާއްދާގައިވާ ގޮތުގެމަތިން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ފާއިތުވެދިޔަ އަހަރަށް ކަނޑައެޅުނު ލަނޑުދަޑިތަކުގެ ތެރެއިން ހަޞީލުކުރެވުނު މިންވަރާގުޅޭ ރިޕޯޓް އެކުލަވާލައި ކައުންސިލަށް ހުށަހެޅުމާއެކު ރައްޔިތުންނަށް ފެންނާނެހެން އާއްމުކުރަން ޖެހެއެވެ.
ޤާނޫނު ނަމްބަރ: 2010/7 ( ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީއުޞޫލުން ހިންގުމުގެ ޤާނޫނު ) ގައި ބަޔާން ކޮށްފައިވާގޮތަށް، 2021 ވަނަ އަހަރަށް ކަނޑައެޅުނު ލަނޑުދަނޑިތަކުގެ ތެރެއިން ހާޞިލު ކުރެވުނު މިންވަރާގުޅޭ ރިޕޯޓް އެކުލަވާލައި ރަށުކައުންސިލަށް ހުށަހެޅުއްވުމާއެކު ރައްޔިތުންނަށް ފެންނާނެހެން އާއްމުކޮށްފައިވާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުން، އެ މަޢުލޫމާތު މި ކައުންސިލާ ހިއްސާކުރުމަށް ވާނީ ދަންނަވާފައެވެ. އެގޮތުން 2021 ވަނަ އަހަރަށް ކަނޑައެޅުނު ލަނޑުދަނޑިތަކުގެ ތެރެއިން ހާޞިލުކުރެވުނު މިންވަރާގުޅޭ ރިޕޯޓް އެކުލަވާލައި ރަށުކައުންސިލަށް ހުށަހެޅުއްވުމާއެކު، ރައްޔިތުންނަށް ފެންނާނެހެން ޢާއްމުކޮށް އަދި އަތޮޅު ކައުންސިލަށް އެ މަޢުލޫމާތު ހުށަހަޅުއްވާފައިވާ، މިއިދާރާގެ ރަށްތަކުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މަޢުލޫމާތު ތިރީގައި އެވަނީއެވެ.
1- ބުރުނީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ
2- ވިލުފުށީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ
3- މަޑިފުށީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ
4- ދިޔަމިގިލީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ
5- ގުރައިދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ
6- ވަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ
7- ހިރިލަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ
8- ތިމަރަފުށީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ
9- ކިނބިދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ
10- އޮމަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ
ދެންނެވުނު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުން، ޤާނޫނީ ޒިންމާ އަދާކޮށްފައިވާތީ، ކައުންސިލްތަކުގެ މަސައްކަތް ފާހަގަކޮށް، އަތޮޅުކައުންސިލްގެ ފަރާތުން މަރުޙަބާ ދަންނަވަމެވެ.
28 ފެބުރުވަރީ 2022