ކޮޅުމަޑުލު އޮމަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވާރޭފެން ތާނގީތައް އެއްފުރާޅެއްގެ ދަށަށް ބަދަލުކޮށްދޭނެ ފަރާތެއް ހޯދުން

މި އިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް މިރަށު މިސްކިއްތަކުގައި ހުރި ވާރޭފެން ތާނގީތައް އެއްފުރާޅެއްގެ ދަށަށް ބަދަލުކޮށްދިނުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.     

ކަމާއިގުޅޭ މަޢުލޫމާތު ސާފްކުރެއްވުމަށް މި އިދާރާގެ ނަންބަރ 6780039 އަށް ގުޅުއްވައި، ނުވަތަ މި އިދާރާގެ އީމެއިލް [email protected] އަށް މެއިލްކުރެއްވުން އެދެމެވެ.  މެއިލް ކުރައްވާއިރު ސަބްޖެކްޓްގައި އިޢުލާން ނަމްބަރު ޖެއްސެވުންއެދެމެވެ.

ވީމާ، މިކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން އަގު ބަޔާންކޮށް 08 މާރޗް 2022 ވާ އަންގާރަ ދުވަހު 10:00 އަށް މިއިދާރާއަށް ދުރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

28 ފެބުރުވަރީ 2022
ހޯދާ