މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ޕްރޮޖެކްޓް އެކައުންޓެންޓް

ޝައުޤުވެރިވާ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ހުޅުވާލުން

ސ.ހިތަދޫ ހޮސްޕިޓަލް  ޕްރޮޖެކްޓް

ޕްރޮޖެކްޓް ނަންބަރ:1459P

 'ޕްރޮޖެކްޓް އެކައުންޓެންޓް'

ސައުދީ ފަންޑް ފޯރ ޑިވެލޮޕްމަންޓާއި އޮފިޑުގެ ލޯން އެހީގެ ދަށުން ސ.ހިތަދޫގައި 100 އެނދުގެ ހޮސްޕިޓަލެއް ޤާއިމުކުރުމަށް ދިވެހި ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކުރެވިފައިވެއެވެ. މި މަޝްރޫޢުގައި މަސައްކަތްކުރުމަށް ވަކި ޕްރޮޖެކްޓް މެނޭޖްމެންޓް ޔުނިޓެއް ޤާއިމުކޮށް، ޕީ.އެމް.ޔޫ ގައި ހިމެނޭ މަޤާމުތަކަށް މުވައްޒަފުން ހޯދުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ޕްރޮޖެކްޓް އެކައުންޓެންޓް ކަމުގެ މަޤާމަށް މީހަކު ހޯދުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ. މި މަޤާމަށް ހޮވޭ ޤާބިލު މުވައްޒަފަށް ކަނޑައެޅިފައިވާ އުސޫލުން މުސާރަ ދިނުމަށްވަނީ ހަމަޖެހިފައެވެ.      

މައިގަނޑު މަޤްޞަދު

މި ކޮންސަލްޓެންސީން ހާސިލުކުރަން ބޭނުންވާ މައިގަނޑު މަޤްޞަދަކީ، ޕްރޮޖެކްޓް ފައިނޭންސްގެ ހުރިހާކަމެއް ބަލަހައްޓާ ޕްރޮޖެކްޓަށް ކަނޑައެޅިފައިވާ ފައިސާއާއި އެހެނިހެން ކަންތައްތަކުން ކަނޑައެޅިފައިވާ އުސޫލާއެއްގޮތަށް ޕްރޮޖެކްޓަށް އެންމެ ފައިދާ ކުރަނިވި ގޮތަށް ކުރިއަށްގެންދެވޭތޯ ބެލުމެވެ.

މުއްދަތު:

މި ކޮންސަލްޓެންސީގެ މުއްދަތަކީ 1 އަހަރު ދުވަހެވެ. ނަމަވެސް ކޮންޓްރެކްޓް ކުރެވޭނީ ޕްރޮޖެކްޓް ކުރިއަށްދާ ގޮތާއި ވޭރިއޭޝަންތަކަށް ބެލުމަށްފަހު މުއްދަތު އިތުރުކުރެވޭގޮތަށެވެ. އަދި މި ކޮންޓްރެކްޓް ކުރެވޭ މުއްދަތުގެ ތެރޭގައި މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ މުވައްޒަފެއްގެ ގޮތުގައެވެ.

މުސާރަ: ދެ ފަރާތުން އެއްބަސްވެވޭ ހަމަޖެހޭ އުސޫލެއްގެ މަތިން ކަނޑައެޅޭގޮތަށް.

ފެންވަރު ނުވަތަ ޝަރުޠު:

-          އެކައުންޓިންގގެ ދާއިރާއިން ބެޗްލަރސް ޑިގްރީ ހާސިލުކޮށްފައިވުން (އޭ.ސީ.ސީ ސެޓުފިކެޓު ހާސިލުކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ)

-         އެކައުންޓިންގގެ ދާއިރާގައި މަދުވެގެން 3 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވާ ފަރާތަކަށްވުން.

-         އައި.ޑީ.ބީ ޕްރޮކިއުމަންޓްއާއި ޑިސްބާރސްމަންޓް ގައިޑްލައިންސް އަދިވެސް މިފަދަ އެހެނިހެން ޑޯނަރ އެޖެންސީތަކާމެދު އަހުލުވެރި ފަރާތްތަކާއި ޕްރޮޖެކްޓް މެނޭޖްމެންޓް ދާއިރާގެ ތަޖުރިބާހުރި ފަރާތްތަކަށް އިސްކަންދެވޭނެ.

-         ކޮންޓްރެކްޓް ކުރެވިފައިވާ މުއްދަތުގެ ތެރޭގައި މަސައްކަތަށް ފުރިހަމައަށް ވަގުތުދެވޭ ފަރާތަކަށްވުން.

-         ދިވެހިބަހާއި އިނގިރޭސިބަހުން ރަނގަޅަށް މުޢާމަލާތްކުރަން އެނގުން.

-         މައިކްރޯސޮފްޓް އޮފީސްޕެކޭޖް (އެމް.އެސް ޕްރޮޖެކްޓް، ޕަވަރ ޕޮއިންޓް، އެކްސެލް އަދި ވާރޑް) ޕްރޮގްރާމްސްތަކަށް ރަނގަޅަށް އެނގުން.

ވަޒީފާއަށް އެންމެ ޤާބިލު މީހުން ހޮވުމުގައި ބެލެވޭ ކަންތައްތައް:

  • ސަރުކާރުގެ އިސްވެރިންނާ އަދި ޢާންމު ފަރާތްތަކާއި މުޢާމަލާތްކުރުމުގެ ޤާބިލުކަންހުރުން.
  • މަސައްކަތާ ގުޅުންހުރި ފަރާތްތަކާއި ބައިވެރިން ކުރިއެރުވުމުގައި ވެވިފައިވާ އެއްބަސްވުންތައް ޕްރޮޖެކްޓަށް އެންމެ ފައިދާކުރަނިވިގޮތުގައި ތަންފީޒުކުރުމުގެ ޤާބިލުކަންހުރުން.

މިނިސްޓްރީ އޮފް ހައުސިންގ އެންގ އިންފްރާސްޓްރަކްޗަރުގެ ފަރާތުން ޕްރޮޖެކްޓް އެކައުންޓެންޓް ކަމުގެ މަޤާމަށް އެކަށީގެންވާ ޤާބިލު ފަރާތްތަކަށް ފުރުޞަތު އަރުވަމެވެ. ޝައުޤުވެރިވާ ފަރާތްތަކުން 07 ސެޕްޓެންބަރު 2014 ވަނަ ދުވަހުގެ 14:30 ގެ ކުރިން ތިރީގައި ދެންނެވިފައިވާ އެޑްރެހަށް އެޕްލިކޭޝަންތައް ފޮނުއްވައިދެއްވުން އެދެމެވެ. އެޕްލިކޭޝަނާއިއެކު ސީ.ވީ، އައި.ޑީ ކާރޑް ކޮޕީ އަދި މަސައްކަތުގެ ތަޖްރިބާއާއި ގުޅޭ އެންމެހާ ލިޔެކިއުންތައް އެޓޭޗްކޮށް ދެއްވުންއެދެމެވެ.

މަޤާމަށް މީހުން ހޮވުމުގައި އަމަލުކުރާނީ އެސް.އެފް.ޑީ / އޯފިޑް ގައިޑް ލައިންސް އެވެ. މި ވަޒީފާ އާ ގުޅޭ "ޓާރމްސް އޮފް ރެފަރެންސް" (ޓީ.އޯ.އާރް) ބޭނުންފުޅުވާ ފަރާތްތަކުން، ތިރީގައިވާ އެޑްރެހަށް އީމެއިލް ކުރެއްވުމުން ލިބިވަޑައިގަންނަވާނެ ވާހަކަ ދެންނެވީމެވެ.    

މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ

އަމީނީމަގު، 20329   މާލެ / ދިވެހިރާއްޖެ

ފޯން:   3004162 960  / 3004300 960

ފެކްސް: 3004301 960  

އީމެއިލް: [email protected]        ވެބްސައިޓް: www.housing.gov.mv

21 އޮގަސްޓް 2014
ހޯދާ